ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާ އެންމެ ފަހުން ނިޔަފަތި ކަނޑައިފި

އަޔާނާ ވިލިއަމްސް އޭނާގެ ނިޔަފަތިތައް ކަނޑަނީ--- ފޮޓޯ:ސީއެންއެން

ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާ އެންމެ ފަހުން އޭނާގެ ނިޔަފަތިތައް ކަނޑާލައިފި އެވެ. އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އަޔާނާ ވިލިއަމްސް އޭނާގެ ނިޔަފަތިތައް މި ކެނޑީ ގާތްގަނޑަކަށް 30 އަހަރު ފަހުންނެވެ.

ދުނިޔޭގެ އެންމެ ނިޔަފަތި ދިގު މީހާގެ ރިކޯޑް އަޔާނާ ގާއިމްކޮށްފައިވަނީ 2017 ވަނަ އަހަރުގަ އެވެ. އޭރު އޭނާގެ ނިޔަފަތިތަކުގައި 19 ފޫޓު ހުއްޓެވެ. އަދި އޭރު އޭނާގެ ނިޔަފަތިތަކުގައި ކުލަޖައްސާ މެނިކިޔޯއެއް ހަދާލުމަށްވެސް ދެ ފުޅީގެ ނެއިލް ޕޮލިޝްއާއި 20 ގަޑިއިރު ހޭދަވެއެވެ.

އަޔާނާ ވިލިއަމްސް އޭނާގެ ދިގު ނިޔަފަތިތަކާއި އެކު--

އެތައް އަހަރުތަކެއްވާންދެން ދިގުކުރި އޭނާގެ ނިޔަފަތިތައް އެންމެ ފަހުން ކަނޑާލަން ގަސްތުކޮށް އެކަން ކުރުމުގެ ކުރިން އޭނާވަނީ ނިޔަފަތިތަކުގެ ދިގު މިން ބަލާފައެވެ. މިގޮތުން ނިޔަފަތި ކެނޑުމުގެ ކުރިން އޭނާގެ ނިޔަފަތިތަކުގައި 24 ފޫޓު ހުއްޓެވެ. އަދި އެންމެ ފަހުގެ މެނިކިޔޯ ހަދާލުމަށް ހަތަރުވަރަކަށް ނެއިލް ޕޮލިޝް ފުޅިއާއި ދެތިން ދުވަހެއް ނެގިއެވެ.
މި ދިގު ނިޔަފަތިތައް ކަނޑާލަން އަޔާނާ ވިލިއަމްސް ގޮސްފައި ވަނީ ޓެކްސަސްގެ ޑާމަޓޮލޮޖީ (ހަމުގެ) ހާޢްސަ ކްލިނިކަކަށެވެ. އަދި އޭނާގެ ނިޔަފަތި ކެނޑުމަށް ބޭނުންކޮށްފައިވަނީ އިލެކްޓްރިކް ރޮޓަރީ ޓޫލް އެއް ބޭނުންކޮށްގެނެވެ.

އަޔާނާ އޭނާގެ ނިޔަފަތިތައް ކެނޑުމަށްފަހު --

އެނާގެ ނިޔަފަތިތަކުގެ ދިގުކަމުން މިހާތަނަށް ތަށިދޮވުމާއި އެނދު ތަންމަތި ބަދަލުކުރުން ފަދަ ކަންކަން އެއްގޮތަކަށް ވެސް ނުކުރެވެ އެވެ. އެހެންނަމަވެސް މި އާ ބަދަލާއިއެކު އޭނާ އުންމީދުކޮށްގެން ހުރިީ އަނެއްކާވެސް ތަފާތު ގޮތަކަށް ދުނިޔެ އަޖައިބު ކޮށްލުމަށެވެ.

comment ކޮމެންޓް