ޗާޓަޑް އެކައުންޓެންޓްސްގެ ހަތަަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

ސްޓްރެޓެޖިކް ޕްލޭން މިނިސްޓަރު މައުސޫމް ނެރުއްވައި ދެއްވަނީ ---

އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ތައްޔާރު ކޮށްފައިވާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ.

ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ޝަރަފްވެރި މެހެމާން ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ފާހަގަކުރެއްވީ މި ސްޓްރެޓެޖިކް ޕްލޭންގެ މައިގަނޑު އަމާޒަކީ ސީއޭ މޯލްޑިވްސްގެ ހިންގުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުން ކަމުގައެވެ. އަދި އިންސްޓްޓިއުޝަނަލް ކެޕޭސިޓީ ބިލްޑް ކުރުމާއި، ބައިނަލަގްވާމީ ދުނިޔެ ބަލައިގަންނަ އިންސްޓިޓިއުޓަކަށް ހެދުމާއި، ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށާއި ގައުމަށް ލާބަހުރި މަސައްކަތްތަކެއް ކޮށްދީ، މި ޕްރޮފެޝަންއަކީ އިތުބާރުހިފޭ، ފަހި ފުރުސަތުތަކެއް އޮތް ޕޮރޮފެޝަންއަކަށް ހެދުމަކީވެސް މި ޕްލޭންގެ އަމާޒުތަކެއް ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތު ތެރެއިން މިނިސްޓަރު މަހްލޫފު އަދި އޮޑިޓާ ޖެނެރަލް ޒިޔަތު

މިހަފްލާގައި އިގްތިސާދީ ކުރިއެރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތައް ގެންގުޅުމުގެ މުހިންމުކަމުގެ މަށްޗަށް އަލި އަޅުވާލައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެލައްވާފައި ވަނީ މައުސޫމް، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކް، ސީ.އޭ މޯލްޑިވްސްގެ ވައިސް ޕްރެސިޑެންޓް ހަސަން މުޙައްމަދު އަދި ސީ.އޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު ހުސެއިން ނިޔާޒީއެވެ. މި ޕެނަލް ޑިސްކަޝަންގައި ވަނީ މިވަގުތު ބޭނުން ކުރެވެމުންދާ ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކާ ކުރިއަށް އޮތްތާނގައި އެޅުމަށް ޕްލޭން ކުރެވިފައިވާ ފިޔަވަޅުތަކަށް އަލި އަޅުއްވާލައްވާފަ އެވެ.

comment ކޮމެންޓް