އުރީދޫ ހަލުވި އިންޓަނެޓް ބ. ހިތާދޫއަށް ދީފި

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ހިތާދޫ މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖްތަކާއެކު އެހިދުމަތް މިއަދު ބ. ހިތާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޖިޓަލް ހިދުމަތްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށާއި ކުންފުނިތަކަށް އަދި އާންމު ދިރިއުޅުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތުގެ މުހިންމުކަންވަނީ އިތުރުވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށްޓަކަައި މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަންއަރުވަން. " ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި މިވަނީ ފަސް ރަށަކަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ އިން ބުނީ، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ބ. ހިތާދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެ އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

އެބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އެގޮތުން ބ. ހިތާދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

އެ ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރުމަށް އުރީދޫއިން އެދިވަޑައިގަންނަވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް