އައުޓާ ބޭންކްސްގެ ދެވަނަ ސީޒަންގެ ޝޫޓިން ނިންމާލައިފި

އައުޓާ ބޭންކްސް އިން ފެނިގެންދާ ދެތަރިން---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "އައުޓާ ބޭންކްސް"ގެ ދެވަނަ ސީޒަންގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސީރީޒްގެ ޝޫޓިން ނިންމާލިކަން ހުރިހާ ތަރިންނެއް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް އަންގާފައެވެ. ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ އާ ޖޯންބީޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ.

އައުޓާ ބޭންކްސްގެ ޝޫޓިން ނިންމާލި ނަމަވެސް ސީރީޒްގެ ދެވަނަ ބައި އިއުލާންކުރާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ސީޒަން ދޭއް އާންމުންނާ ހަމައަށް އަންނަނީ މި އަހަރުގެ ޖޫން މަހާ ސެޕްޓެމްބަރު މަސް ތެރޭގައި ކަމަށެވެ.

comment ކޮމެންޓް