ހީރޯޕަންތީ 2ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފި

ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާލުމަށްފަހު އާންމުވި ފޮޓޯ---

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2"ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓައިގާ އާ ތާރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ. 2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ޓައިގާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލުމަށްފަހު ޓައިގާ ބުނީ ފިލްމުގެ ޝޫޓިން އަމަން އަމާންކަމާއެކު ނިންމާލެވިއްޖެ ކަމަށާއި ވަރަށް އަވަހަށް ދެވަނަ ޝެޑިއުލްގެ ޝޫޓިންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. ފިލްމުގެ ދެވަނަ ބައިގެ މިއުޒިކް ހަދާނީ އޭ ރަހްމާންއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަން އެވެ.

އެކްޓަރު ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ "ބާގީ 3" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ޝްރައްދާ ކަޕޫރު، އަންކިތާ ލޯކަންޑޭ އަދި ރިތޭޝް ދޭޝްމުކް އެވެ.

comment ކޮމެންޓް