އިންތިހާބަށް ފަސް ލައްކަ އެއްހާ ވޯޓު ކަރުދާސް ޗާޕުކޮށްފި

ވޯޓު ގުނުން -- ސަން ފައިލް ފޮޓޯ

ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާޕުކޮށްފި އެވެ.

އިލްކެޝަންސް ކޮމިޝަނުން ބުނީ، ދެ އިންތިހާބަށް ޖުމްލަ 498،184 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕުކުރި 275،860 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ޗާޕުކުރި 222،324 ވޯޓު ކަރުދާހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.

އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

comment ކޮމެންޓް