ތިން ރަށެއްގެ މަގުތަކުގައި ތާރު އަޅަން ހަވާލުކޮށްފި

ތިން ރަށެއްގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވާލުކޮށްފައި ވަނީ ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ގދ. ތިނަދޫގެ މަގުތަކުގައި ތާރު އެޅުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށި ބޮޑު މަގުތަކުގައި ތާރު އެޅުމަށް ހަވާލުކުރީ އެމްޓީސީސީއަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 470 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، މަޝްރޫއު ހަވާލުކުރީ 71.91 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއު

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންނަވަރު އަދި ތިނަދޫ މަގުތަކުގައި ތާރު އަޅަމް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

ހިންނަވަރުގެ މަޝްރޫއު ހަވާލުކުރީ 122.08 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ އެވެ.

ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

comment ކޮމެންޓް