އަންނަ ހޮނިހިރު އަދި އަންގާރަ ދުވަހު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދު

ފެބްރުއަރީ 9، 2021: ސޯޝަލް ސެންޓަރުގައި ހުންނަ ވެކްސިނޭޝަން ސެންޓަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 10 އަދި 13 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާ ދުވަހެވެ. އަދި 13 ވަނަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

މިހާރު މާލެ ސަރަހައްދުގައި ވެކްސިން ދެމުންގެންދަނީ ފަސް ތަނަކުންނެވެ. އެއީ؛

  • ސޯޝަލް ސެންޓަރު
  • ނެޝަނަލް އާޓް ގެލަރީ
  • ސެނަހިޔާ
  • ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު

އެ ފަސް ތަނުގެ ތެރެއިން ވިލިމާލޭ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނަކުން ވެސް ހެދުނު 10:00 އިން ހަވީރު 4:00އަށް ވެކްސިން ޖަހައިދޭނެ އެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުން ވެކްސިން ޖަހައިދޭނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.

އެ ދެ ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާތީ، ވެކްސިން ޖެހޭ މީހުން އޭގެ ކުރިން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް