ހައިވޭގައި ސައިކަލަކާއި ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެއްޖެ

ފެބްރުއަރީ 24، 2021: މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލޭ ހައިވޭގައި ސައިކަލަކާއި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ބްރިޖުން ފައިބައިގެން ހުޅުމާލެއަށް ދާން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 7:20 ހާއިރު އެވެ.

"މި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނީ. އެމީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ." ފުލުހުން ބުނެ އެވެ.

އެ އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސެންސް އޮންނަ ދެމީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް