ރޯދަމަހު ބީއެމްއެލް އިން ހިދުމަތްދޭނީ 9:30-12:00 އަށް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކުރިއަށް އޮތް ރަމަޟާން މަހު ބެންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12 އަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުުނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިއަކީ އެއީ ކަމަށެވެ. ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އެ ވަގުތުތަކުގައި ހުޅުވާފައި ހުންނާނެ ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ބޭންކުގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައްވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށޤދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް އަށް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށްވެސް ބޭންކުން ބުންޏެވެ.

މާލޭ ގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިޔުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށްވެސް ބޭންކުން އެދެ އެވެ.

މީގެ އިތުުރުން އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށްއެމްއެލް އިން ބުންޏެވެ.

ބޭންކުން ވަނީ، މި ދަނޑިވަޅުގައި ގޭގައި ތިބެގެން ބީއެމްއެލް އިންޓަރނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ގެ ހިދުމަތްތައް ހޯދުމަށް އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް