ޕަތާން ގެ ޝޫޓިން ޖޯން ފަށަައިފި

ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް—

ބޮލީވުޑްގެ ވަރުގަދަ އެކްޓަރުންތަކެއް ހިމަނައިގެން އުފައްދާ ‘ޕަތާން’ގެ ޝޫޓިން އާ ޖޯން އަބްރަހަމް ގުޅިއްޖެ އެވެ.

ފިލްމުގެ ޝޫޓިން ދީޕިކާ ޕަދުކޯން އާ ޝާހްރުކް ޚާން އާއެކު މީވެ ކުރިން ފެށިއިރު މި ފިލްމުގައި ސަލްމާން ޚާންގެ ކުޑަ ރޯލެއް ވެސް ހިމެނޭނެއެވެ.

ވަރުގަދަ ތަރިންނާއެކު މި ފިލްމު ގެނެސްދޭއިރު ފިލްމު ބަލަން ގިނަ ބަޔަކު ސިނަމާއަށް ވަންނާނެކަމަށް ބެލެވެއެވެ. ވައިއަާރްއެފް އިން ގެނެސްދޭ މި ފިލްމަކީ “ވޯ” ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ދެން ހުރި މަންޒަރުތައް ނަގާނީ އިނގިރޭސިވިލާތުގައެވެ. ޕަތާންގެ ބޮޑުބައެއް އިނގިރޭސިވިލާތުގައިނަގަންވަނީހަމަޖެހިފައެވެ.

މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯންމަސައްކަތްކުރާ ފުރަތަމަފިލްމަށެވެ.

comment ކޮމެންޓް