ކާތިކް އާރްޔަން ލަމްބޯގިނީ އެއް ގަނެފި

ކާތިކް އާރްޔަން މިވަނީ އޭނާގެ ޑްރީމް ކާރު ގަނެފައި—

ކޮވިޑް 19 އިން ރަނގަޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން ކާރެއް ގަނެފި އެވެ.

ކާތިކަށް އެންމެ ކަމުދާ ލަމްބޯގިނީ އޭނާ ގަތީ ވަރަށް ބުރަ މަސައްކަތްކޮށްގެން ކަމަށް އޭނާ ބުނެ އެވެ. އަދި 4.5 ކުރޯޑުގަށް ލަމްބޯގިނީ ގަތުމަށް ފަހު އޭނާ ވަނީ އެ ކާރާއެކު ނަގާފައިވާ ކުރުވީޑިއޯ ކޮޅެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

ކާރު ގަތުމުން ގިނަ އަދަދެއްގެ ތަރިންނާ ފޭނުން އަންނަނީ ކާތިކަށް ހޫނު މަރުހަބާ އެއް ކިޔަމުންނެވެ. ބޮލީވުޑްގައި ލަމްބޯގިނީ އެއް ގެންގުޅެނީ އެންމެ ދެ ތަރިންނެވެ. އެއީ ފިލްމުމޭކާ ރޯހިތު ޝެޓީ އާ އެކްޓަރު ރަންވީރު ސިންހް އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ލަވް ރަންޖަންގެ ‘ޕިޔާރު ކާ ޕަންޗްނާމާ’ އިން ބޮލީވުޑަށް ތައާރަފްވީ ކާތިކް އެންމެ ފަހުން ފެނިގެންދިޔައީ އިމްތިޔާޒް އަލީގެ ‘ލަވް އާޖްކަލް’ އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކިއާރާ އަދުވާނީ އާއެކު ‘ބޫލް ބުލައްޔާ 2’ އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘ދޯސްތާނާ 2’ އަދި ‘ދަމާކާ’ ހިމެނެއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން އެކްޓަރު ކާތިކް އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރުވެސް މެއެވެ.

comment ކޮމެންޓް