ލޯބިވެރިޔާ ވިކީ އަށްފަހު ކެޓްރީނާ ވެސް ކޮވިޑަށް ޕޮޒިޓިވް

ބަތަލާ ކެޓްރީނާ--

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވާ ދެތަރިން ކަމަށްވާ ވިކީ ކޯޝަލް އާ ކެޓްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ވިކީ ކޮވިޑަށް ޕޮޒިޓިވްވިކަން ހޯމަ ދުވަހު އިއުލާންކުރިއިރު ބަތަލާ ކެޓްރީނާއަށް ކޮވިޑް ޖެހުނުކަން ހާމަކުރީ އިއްޔެގެ ވަގުތެއްގައެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވުމާ އެކު ކެޓްރީނާ އޭނާގެއިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވުމުން އަމިއްލަ މީހާ އައިސޮލޭޓްވި ކަމަށާއި މިވަގުތު މިހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. ޑަކްޓަރުންގެއިރުޝާދާ އެއްގޮތަށް އަމަލު ބަހައްޓަމުން އަންނަ ކަމަށާއި ފާއިތުވި ދުވަސްތަކު އޭނާ އާ ބައްދަލުވި ހުރިހާ އެންމެންވެސް ރައްކަލަކަށްޓަކައި ކޮވިޑަށް ޓެސްޓުކުރުމަށް އެދޭ ކަމަށްއޭނާ ބުންޏެވެ.

ބޮލީވުޑްގެ ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު އަލީ އައްބާސް ޒަފަރު ގެނެސްފިން ފިލްމު ‘ބާރަތު’ އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘ބޫތުޕޮލިސް’ އަދި ‘ސޫރިޔަވަންޝީ’ ވެސް ހިމެނެ އެވެ. ސޫރިޔަވަންޝީގައި ކެޓްރީނަާ އާއެކު ފެނިގެންދާ އެކްޓަރު އަކްޝޭ ކުމާރު ވެސް މިވަގުތު އަންނަނީ ކޮވިޑް ޖެހިގެންފަރުވާކުރަމުންނެވެ.

comment ކޮމެންޓް