މުލީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުލީގައި ތަރައްގީކުރާ މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މުލީ އެއާޕޯޓު ޑިޒައިންކޮށް، އެއް އަހަރު ތެރޭ އަޅާ ނިންމަން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

މުލީ އެއާޕޯޓު އެއް އަހަރު ތެރޭ އަޅައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ އަގަކީ 221 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް