ސިނަމާތައް ބަންދުވެ އަކްޝޭގެ ސޫރިޔަވަންޝީ އަނެއްކާ ވެސް ފަސްކޮށްފި

އަކްޝޭގެ ސޫރިޔަވަންޝީ ފަސްކޮށްފި—-

އިންޑިއާގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް 19 އާ ގުޅިގެން މި މަހު 30ގެ ނިޔަލަށް ސިނަމާތައް ބަންދުކުރަން އަންގައިފި އެވެ.

މި މަހު 30 އާ ހަމައަށް ސިނަމާތައް ބަންދުކުރަން އެންގި އިރު މި ތާރީޚުތަކުގައި އަޅުވަން ނިންމާފައިވާ ފިލްމުތައް ވެސް ނޭޅުވޭނެެ އެވެ. ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރުގެ‘ސޫރިޔަވަންޝީ’ އަޅުވަން ކުރިން ތާވަލް ކުރީ މި މަހު 30 އަށެވެ. ނަމަވެސް އިންޑިއާގެ މަހާރަޝްތްރާގައި ރޭގަނޑުގެ ވަގުތު ކާފިއު އިއުލާންކޮށް ސިނަމާތައް ބަންދުކުރުމަށް ނިންމުމާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓިީ އަށް މި ވަނީ ފިލްމު އެޅުވުން ފަސްކުރަން މަޖުބޫރުވެފަ އެވެ.

މި ފިލްމު އަސްލު ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް އެދުވަސްވަރަކީ ކޮވިޑް ކޭސްތައް އެންމެ ހަލުވިކޮށް ފެތުރުނު ދަނޑިވަޅަކަށް ވުމުންގިނަ ގައުމުތަކުން ވަނީ ލޮކްޑައުން ކޮށްފަ އެވެ.

ފިލްމުގައި އަކްޝޭ އާ އެކު ދެން ފެނިގެންދާނީ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަން އެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އެވެ.

"ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ"ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް