ގަން އެއާޕޯޓު ތަރައްގީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންޓުން އެއާޕޯޓަށް ޒިޔާރަތްކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އެވެ. އެ އޮތޯރިޓީގެ ޓީމެއް މިއަދު ވަނީ ގަން އެއާޕޯޓަށް ޒިޔާރަތް ކޮށްފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއ ިކޮންޓްރޯލު ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރަތް ކުރާނެއެވެ.

މީގެ އިތުރުން މިހާރުގެ ޓާމިނަލް އިންޓަނޭޝަލަން ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މީގެ އިތުރުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރާނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދާ، އެއާޕޯޓުގައި ސޯލާ ޕެނަލްވެސް ހަރުކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށާއި އެ އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށް ފެންވަރު ރަނގަޅު ކުރުމަކީ އދެކުނުގެ އިގްތިސޯދަށް މުހިއްމު ކަމެއް ކަމަށެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަހަރު ފަހުކޮޅު ފަށާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ގަން އެއާޕޯޓް ހިންގަނީ، ސަރުކާރާއި އެމްއޭސީއެލް އަދި ރާއްޖޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިން ހިމެނޭ ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)އިންނެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ގަން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު އުތުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ އެ ބޭންކުގެ ލޯނު އެހީގަ އެވެ.

https://sun.mv/150407

އެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް