އަމީތާބްގެ ގުޑްބާއިގެ ޝޫޓިން ފަށައިފި

އަމީތާބް ގެ ގުޑްބާއިގެ ޝޫޓިން ކުރިއަށް ދަނީ__

ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭ ހިމެނޭ ކުޅަދާނަ އެކްޓަރު އަމީތާބު ބައްޗަންގެ ‘ގުޑްބާއި’ގެ ޝޫޓިން ފަށައިފި އެވެ.

ވިކާސް ބާލްގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމުގެ އަންހެން ލީޑު ބަތަލާގެ ރޯލުން ފެނިގެންދަނީ ރަޝްމިކާ މަންޑަންނާއެވެ. މި ދެތަރިންގެ އިތުރުންފިލްމުގައި ޓީވީ އެކްޓަރު ޝިވިން ނަރަންގުގެ އިތުރުން ޕަވައިލް ގުލާތީ ވެސް ފެނިގެންދާނެއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ފިލްމުގެ ޝޫޓިން އަމީތާބު ފެށިއިރު ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކުރިއަށްދަނީ މުމްބާއީގަ އެވެ. އެކްތާ ކަޕޫރުގެ ޕްރޮޑިއުސްކުރާ މިފިލްމަކީ ލައިފް ކޮމެޑީއެކެވެ.

އެކްޓަރު އަމީތާބު އެންމެ ފަހުން ފެނިގެންދިޔައީ އަޔޫޝްމަން ކުރާނާ އާއެކު ފިލްމު ގުލާބޯ ސިތާބޯއިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިމްރާން ހާޝިމީ އާއެކު‘ޗެހެރޭ’ އިންނެވެ.

ބަތަލާ ރަޝްމިކާ އަކީ އާންމު ގޮތެއްގައި ކަންނާޑާ އަދި ތެލެގޫ ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ ސިދާތު މަލްހަތްރާ އާއެކު މިޝަންމަޖްނޫ އިންނެވެ.

comment ކޮމެންޓް