ބްލެކް ވިޑޯގެ އާ ޓްރެއިލާއެއް ދައްކާލައިފި

އެމެރިކާގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހޭންސަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބްލެކް ވިޑޯ"ގެ އާ ޓްރެއިލާއެއް ދައްކާލައިފިއެވެ.

މާވެލް ސްޓޫޑިއޯ އިން ގެނެސްދޭ މި ފިލްމުގެ އާ ޓްރެއިލާ އާންމުކުރިއިރު މި ޓްރެއިލާ އިން ފެނިގެންދަނީ ނަތާޝާ (ސްކާލެޓް) އެވެންޖާއަށްވުމުގެ ކުރިން އޭނާ ގެ ދިރިއުޅުން އޮތްގޮތެވެ. އަދި ނުނިމި އޮތް މަސައްކަތެއް ނިންމުމަށް ކުރަަ ކަންތައްތަކެއް ވެސް މި ފިލްމުން ފެންނާނެވެ.

ބްލެކް ވިޑޯ ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ފިލްމު އޮންލައިން ކޮށް ވެސް ސިނަމާތަކުގައި ވެސް ރިލީޒްކުރާނެއެވެ. އޮންލައިން ކޮށް ސްޓްރީމްކުރާނެޕްލެޓްފޯމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އެ ފިލްމު އެ ދުވަސްވަރު ނޭޅުވުނީ ކޮވިޑގެ ސަބަބުންނެވެ.

ސްކާލެޓް ޖޮހޭންސަންގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރޭޗަލް ވިޒް، ޑޭވިޑް ހާބަރ އަދި ފްލޮރޭންސް ޕަގްއެވެ.

comment ކޮމެންޓް