މޫލީ އިން އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓުތައް މިހާރު ޕްރީއޯޑަރު ކުރެވޭނެ

އީ ކޮމާސް ޕްލެޓްފޯމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ މޫލީ މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

މޫލީ ޓީމުން ބުނީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއާ ޕްރީ އޯޑަރަށް ނަގާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

މޫލީ ޕްލެޓްފޯމުން ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ވެސް ލިބެ އެވެ.

އެ ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާއިރު ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.

މޫލީ ޓީމުން ބުނީ އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުން އަންނައިރު، ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، މިހާރަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް އެ ޕްލެޓްފޯމު އޮތީ ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް