ވ.ތިނަދޫ ވެސް މޮނީޓަރިން އަށް

ވ. ތިނަދޫގެ ގޮނޑުދޮށް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ވ. ތިނަދުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއްގެ ޑިޕާޗާ ސާމްޕަލް ޕޮޒިޓިވްވެ އެ ރަށް މޮނީޓަރިން އަށް ލައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ތިނަދޫ ގައި ޗުއްޓީ ހޭދަކުރި ޕާކިސްތާނު ފަތުރުވެރިއަކު ފުރުމުގެ ކުރިން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕާކިސްތާނުގެ އެ ފަތުރުވެރިޔާ އާއި ރަށުގެ މީހަކު ދިމާވި ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެއާއެކު އޭނާ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މި ފާއިތުވި ދެތިން ހަފްތާ ތެރޭ ރަށްރަށުން ކޮވިޑު ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރު ވެފަ އެވެ..

ކޮވިޑު ކޭސްތަކާ ގުޅިގެން 18 ރަށެއް މިވަގުތު އޮތީ މޮނީޓަރިންގަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 24،651 އަށް އަރާފައިވާއިރު މިވަގުތު 3،063 މީހަކު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބަލީގައި 67 މީހަކު މަރުވެފައިވާ އިރު 21،512 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް