ބެޑްޝީޓުގެ ގިނަ ކުލަތައް އެއްތަނަކުން ހޯދަން ދާންވީ ގޯލްޑަން ގޭޓަށް

އޭޕްރީލް 4، 2021: ގޯލްޑަން ގޭޓުން ވިއްކާ ބެޑްޝީޓާއި ކުއިލްޓް ކަވަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބެޑްޝީޓެއް ގަންނަން ވެއްޖެ ނަމަ، ގިނަ ފަހަރަށް އުޅެންޖެހެނީ ކުލަތަކާއި ޑިޒައިންތައް މަދުވެގެންނެވެ. އެހެނަސް، ރީތި ކުލަތައް ހޯދަން އެކި ތަންތަން ބެލުމުގެ ބަދަލުގައި ގޯލްޑަން ގޭޓު ހިޔާރުކުރުމަކީ ހަރަދާއި ވަގުތު ވެސް ސަލާމަތް ކުރެވިދާނެ ގޮތެކެވެ.

ގޯލްޑަން ގޭޓުގައި ވިއްކާ ބެޑްޝީޓާއި ކުއިލްޓް ކަވަރުގެ ކުލަތަކާއި ޑިޒައިންތައް މަދުވެގެން އުޅޭކަށް ނުޖެހޭނެ އެވެ. ކޮންމެ ވައްތަރަކުން 30 އަށް ވުރެ ގިނަ ކުލަ އެތަނުން ވިއްކަ އެވެ.

އޭޕްރީލް 4، 2021: ގޯލްޑަން ގޭޓުން ވިއްކާ ބެޑްޝީޓާއި ކުއިލްޓް ކަވަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޯލްޑަން ގޭޓުގައި ހަތަރު ސައިޒްއަކުން ބެޑްޝީޓު ސެޓު ވިއްކަން ހުރެ އެވެ. ކޮންމެ ސައިޒަކުން ވެސް ފަސް ޕީސް ނުވަތަ ހަތް ޕީސް ލިބެން ހުންނާނެ އެވެ. އަދި އެއާ އެކު ހުރިހާ ސައިޒެއްގެ ކުއިލްޓާއި މެޓްރެސް ޕޮރޮޓެކްޓާ ލިބެން ހުންނާނެ އެވެ.

ފަސް ޕީސްގެ ސެޓެއް 195 ރުފިޔާ އާއި 235 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ.

އޭޕްރީލް 4، 2021: ގޯލްޑަން ގޭޓުން ވިއްކާ ބެޑްޝީޓާއި ކުއިލްޓް ކަވަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ފުރާޅެއްގެ ދަށުން މިހާ ގިނަ ވައްތަރުގެ ބެޑްޝީޓާއި ކުއިލްޓް ކަވަރު ގަންނަން ލިބެން ހުރުމުން، ހަމަ ގައިމު ވެސް އެހެން ފިހާރައެއް ބަލަން ދާންވީ ސަބަބެއް ނެތެވެ. ކޮންމެ މީހަކު ވެސް ގަޔާވާ ކަހަލަ ބެޑްޝީޓާއި ކުއިލްޓް ކަވަރުގެ ޑިޒައިންތައް ގޯލްޑަން ގޭޓުން ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް