އައްޑޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫ: އެ އަވަށުގައި މިރޭ ވަނީ މާރާމާރީއެއް ހިންގާފައި --

އައްޑޫ ސިޓީގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެ ސިޓީގެ ހިތަދޫ އަވަށުގައި މިރޭ ބަޔަކު މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު މިރޭ 21:16 އެހާކަންހާއިރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އެކަކު ޒަހަމްވެފައިވެ އެވެ. އަނިޔާވި މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ހުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މިރޭ ބުންޏެވެ.

comment ކޮމެންޓް