މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން "އައިސް ސްޕޯޓްސް" ޗެނަލް ލޯންޗުކޮށްފި

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން "އައިސް ސްޕޯޓްސް"ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ޝަރީފް ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ކުޅިވަރު ހަރަކާތްތަކާއި ކޮންޓެންޓު ގެނެސްދޭ، ރާއްޖޭގެ އެންމެ ފުރަތަމަ ޗެނަލްއެވެ.

އައިސް ސްޕޯޓްސް ޗެނަލް ފެންނާނީ މީޑިއާނެޓުގެ Ch102 އިންނެވެ. އަދި މީޑިއާ ނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނުންވެސް އައިސް ސްޕޯޓްސް ޗެނަލް ފެންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓުން ބުނީ އައިސް ސްޕޯޓްސް ލޯންޗުކުރުމާއެކު، މިހާރު ކުރިއަށްދާ ސީޒަނުގެ ބުންޑަސްލީގާގެ ބާކީ ހުރި މެޗުތައް ލައިވްކޮށް މުޅި ރާއްޖެއަށް އެ ޗެނަލުން ފެންނާނެ ކަމަށެވެ.

އޭޕްރިލް 3 ގެ މެޗުތައް

  • ޑޯޓްމަންޑް އަދި އެއިންޓްރެކްޓް ފްރެންކްފަރޓް (18:30 ގައި)
  • އާރުބީ ލެއިޕްޒިގް އަދި ބެޔާން (21:30 ގައި)
  • މޮންކެންގްލެޑްބެކް އަދިއެސްސީ ފްރެޑްބާގް (23:30 ގައި)

އޭޕްރިލް 4 ގެ މެޗުތައް

  • ވީއެފްބީ ސްޓުޓްގާޑް އަދި ވޭޑާ (18:30 ގައި)
  • ޔޫނިއަން ބާލިން އަދި ހާރތާ (21:30 ގައި)
comment ކޮމެންޓް