"ﷲ ސުބުހާނަހޫ ވަތައާލާގެ ކަލާމްފުޅަކީ ޝިފާއެކެވެ. ހިތުގެ ހަމަޖެހުމެވެ. ގުރުއާން ކިޔެވުމާއި އަޑުއެހުމުން އެލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ގުރުއާނަކީ އެންމެ ގާތް އެކުވެރިޔާއަށް ހަދާށެވެ. ގުރުއާނުގެ އާޔަތްތަކުގެ މާނަ ބަލާ ތަފްސީރު ކިޔަވާށެވެ. ހިތަށް ބަޔާން ނުކުރެވޭފަދަ ފިނިކަމެއް ލިބޭނެއެވެ. މިއުޒިކާއި ފިލްމު ބެލުންފަދަ ބޭކާރު ކަންތައްތަކުގައި ވަގުތު ނަގައިލުމުން ހިތާމަ ކުރަން ޖެހޭ ފަދަ ދުވަހެއް އައިސްދާނެއެވެ. ވަގުތާއި ތިމާގެ ހުނަރާއި އިލްމާއި ބުއްދި އަދި އަމަލުވެސް މާތްﷲ ގެ މަގުގައި ހޭދަކުރުމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނާށެވެ. "

***

ކުއްލިއަކަށް މިލާން ގަޒަލްއާއި ގާތަށް ޖެހިފައި ކޮލުގައި ވިކައިލިއެވެ. ތަދުވާހާ ބާރަކަށެވެ. ތަދުވެގެން ހަޅޭއްލަވައިގަތީމަވެސް މަޑުކަމުން ހިފައިލާ ހިތްވީއޭ ކިޔާފައި ދެތިންފަހަރު ހިފައިފާ އަތް ދުރުކޮށްލިއިރު ކޯތާފަތަށް ކްރިމްސަން ކުލަ ވެރިވެ ގަޒަލްގެ ލޮލުން ފެން ފައިބައިގަތް ގޮތުން ތަދުވީވަރު ސާބިތުކޮށްދިނެވެ.

"އައި ސްވިއާ އައި ޑިޑްންޓް ޑޫ އިޓް އޮން ޕާޕޯސް......." މިލާން އެހެން ބުނެފައިވެސް ލާނެތް ގޮތަކަށް ހޭންފެށިއެވެ.

"ޔޫ ކްރޭޒީ ޖޯކަރ....... ޔޫ އާ އިންސޭން....." ގަޒަލް ހަޅޭއްލަވައި ގަންނަމުން ބުނެލިއެވެ. އަދި ގޮނޑި ދުއްވާލައިފިއެވެ. އަދި އަމިއްލަ ނަފުސަށް ބުނެލިއެވެ. "މިލާން މޮޔަވީތަ؟ ޔަގީނޭ.. އަދި އަހަންނާއިމެދު މިގޮތަށް ކަންތައް ކުރެވުނީތީ ހިތާމަކުރާނެ.....ނޫން. ފަހަރެއްގައި މިލާން އިޒް ނޮޓް ހިމް. އައި މީން ހީޒް ނޮޓް ހިމްސެލްފް ރައިޓް؟ އޭނަ އަމިއްލައަށް ގަސްތުގައި ކުރާ ކަމެއް ނޫނޭވެސް ބުނީނު. ހޫމް މިލާންގެ ގައި ތެރެއަށް ޖިންނި ވަދެގެން ކުރުވާކަމެއްތަ؟ ސުބުހާނަﷲ. ސްކެއަރީ......ނޯ ނޯ...."

ގަޒަލް ދެއަތަށް ބާރުލާފައި އަވަހަށް ގޮނޑި ދުއްވަމުންގޮސް ގެއަށްވަދެ ދޮރު ލައްޕާލައިފިއެވެ. އޭރު ގަޒަލްއަށް މާ ނޭވާލެވި ބިރުވެރިކަން ހަތަރުފަރާތުން ވަށާލައިފިއެވެ.

"އެކަމަކު ﷲ ސުބުހާނަހޫ ވަތައާލާ ފިޔަވާ އެހެން ފަރާތަކަށް މިހާ ބިރުގަންނަން ޖެހޭތަ؟ ގަވާއިދުން ހެދުނާއި ހަވީރު ޒިކުރު ކުރަންޏާ ރައްކާތެރިކުރައްވާނެ. ވީއިރު ކޮންކަމަކާ ހާސްވަނީ؟ ޖިންނިއަށް އަދި އެހެން މަޚުލޫގަކަށްވެސް ގޯނާ ކޮށްލެވޭނީ އެފަރާތުގެ އިޒުނައާއެކު. ހީޒް ދަ ކްރިއޭޓާ. ނިކަމެތި މަޚުލޫގުންނަށް ކުރެވޭނީ ކޮންކަމެއްތަ؟ އެހެން ފަރާތްތައް މާ ބާރުގަދަ ކަމަށް ހެދުމަކީ ޝިރުކެއްނޫންތަ؟ހަމަޖެހިލާ. ބްރީތް ނޯމަލީ ޖީޖީ....މި ދުޢާކުރީމަވެސް ރައްކާތެރި ކުރައްވާނެ.......أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ" މާނައަކީ އައި ސީކް ރެފިއުޖް އިން ދަ ޕާފެކްޓް ވޯޑްސް އޮފް ﷲ ފްރޮމް ދަ އީވިލް އޮފް ވަޓް ހީ ކްރިއޭޓެޑް"

"..މިފަދަ ދުޢާތައް ކޮށް އޯލްމައިޓީއަށް ޓްރަސްޓްކުރީމަ ބިރު ކެނޑޭނެ..މިލާން ޕޮސެސްކޮށްގެން އުޅޭ ޖިންނި ކުރުވާ ކަންތައްކަން ޔަގީން. ކިރިޔާ ނު ކޯތާފަތް އިރައިނުލީ............"

ގަޒަލް ކާކޮޓަރިއަށް ވަދެ ފްރިޖުން އައިސްޕެކެއް ނެގިއެވެ. ކޯތާފަތުގައި ޖެއްސިއެވެ.

"މިލާންގެ ކުށެއްނެތް. އެއީ ޝައިތާނާގެ ފަރާތުން ފެނުނު ހުވަފެނެއް ނޫން. ޝައިތާނާ މާފުކޮށްދޭކަށް ދަސްކޮށް ނުދޭނެ. ހަގީގަތް އެނގުނީމަވެސް އަހަރެން މިލާންއާއި ފައިޓްކުރާ ހިތްވަނީ ކީއްވެތަ؟ ކުޑައިރުގެ ބެސްޓްފްރެންޑްކަމުގެ ހައްގަށްޓަކާވެސް ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަބަލަ.." ގަޒަލް އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އަލުން މިލާން ދެކެލާހިތުން ހިތް އަވަސްވެ ގޮނޑީގެ ފުރޮޅުވެސް އެހެން ދުވަހަށްވުރެ ބާރަށް އެނބުރުނެވެ. ނުކުތްއިރު އޭނަ އޮބާލިތަން ނަމަވެސް ފެނިދާނެކަމުގެ އުއްމީދުއޮތެވެ. ނަމަވެސް އޭނައާއި ބައްދަލުކުރީ ވަޅިން ކަނޑާ ނަގައިލެވޭފަދަ ފުން ހިމޭންކަމެކެވެ.

***

ރަމަޟާން މަސް ކައިރިވެފައިވުމާއެކު ގަޒަލް އޭނަގެ ނޯޓު ފޮތުގައި ލިޔަން އިނީ ރަމަޟާނަށްޓަކާ އޭނަ ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެކެވެ. ކަންނެތްކަމާއި "ސްޓްރެސް"އަކީ އިބާދާއާއި ދުރުހެލިވުމަށް އުދަގޫކުރުވާ ދެކަމެވެ. އެދެކަންތައް އެއް ފަރާތްކޮށްލަން ޖެހޭނެއެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދީނީ ފޮތްތަކާއި ލެކްޗާތައް ބެލުމާ އަޑުއެހުން އަދި ކުރަން ޖެހޭ ދުޢާތަކުގެ ލިސްޓު ތައްޔާރުކރުން ހިމެނެއެވެ. އަޅުކަމުގެ ތެރޭ ކުރާނެ ސުންނަތް ނަމާދުގެ ތެރޭ ކޮންމެހެންވެސް ތަހައްޖުދައި ތަރާވީސް ހިމަނަން އެބަޖެހެއެވެ. ތަރާވީހަކީ ރަމަޟާންމަހަށް ޚާއްސަ އަދި އެކަނި ހުރެވެސް އެ ނަމާދުކުރުމުން ހިތަށް އުފާވެރިކަން ލިބޭ ނަމާދެކެވެ. ކުޑަ މިންވަރަކުން ނަމަވެސް ސަދަގާތް ކުރަން ޖެހެއެވެ. އީބަ ބުނުން ދެބައޮޑުވުން މީހުން ނެތްތަންތާ މީހުންގެ ވާހަކަ ދެއްކުންފަދަ ހުރިހާ ނުބައި ސިފަތައް ނައްތައިލަން ޖެހެއެވެ. ސޯޝަލް މީޑިއާއާއި ދުރުވެ "ޓެކްނޮލޮޖީ ޑައިޓް"އަކަށް ދިޔުން މުހިއްމެވެ. ގެ ސާފުކޮށް ރީތިކުރުމަކީ ސަގާފަތުގައި ހިމެނޭ ކަމެކެވެ. އެމީހުން އާ ގެއަށް ބަދަލުވެ އާ ފަރުނީޗަރުތައް ގަނެ އަދިވެސް މަންމަ ބާޒާރުކޮށް ރީތި އެއްޗެހި ގެނެސް ގެ ޒީނަތްތެރިކުރުމުގައި އަވަދިނެތިއެވެ.

މަންމަ އެގޭގެ އެއް ކޮޓަރި ނަމާދަށް ޚާއްސަކޮށް އެތަން ކުޑަ މިސްކިތެއް ހާ ޒީނަތްތެރިކޮށްފިއެވެ.

ބައެއް މުސްލިމު ކުދިން ގެ ގޭގައި ނަމާދަށް ޚާއްސަ ކޮޓަރިއެއް ނެތުމުން އަމިއްލަ ކޮޓަރީގައި "ޕްރެޔާ ކޯނަރ" އެއް ޚާއްސަކޮށްލައެވެ.

ގަޒަލް އަށް ނިކަން ރީތި ޕްރެޔާ ކޯނަރތަކެއް ފެނުނެވެ.

ގޭގައި ނަމާދުކޮޓަރިއެއް ހުއްޓަސް އޭނަގެ ކޮޓަރީގައި އަޅުކަމަށް ޚާއްސަ ތަންކޮޅެއް ބަހައްޓަން އޭނަ ނިންމިއެވެ. ގޮނޑީގައި އިނުމުގެ ސަބަބުން ސަޖިދަ ނުކުރެވޭތީ އޭނަ ހިތާމަކުރެއެވެ. ދުޢާކުރެއެވެ. ސަޖިދަ ޖެހެން އޮތް ދުވަހު ހެއްދެވި ފަރާތަށްޓަކާ ސަޖިދަ ޖެހުނުނަމައެވެ. "ރިގްރެޓް" މިއީ އެންމެންގެ ހަޔާތުގައި އޮންނާނެ ސަފުހާއެކެވެ. ކޮންމެވެސް ކަމެއް އެހެން ނުކުރެވުނުނަމައޭ ހިތަށް އަރާނީ ވަގުތު ފާއިތުވީމައެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަންނާނީ މަދު މީހެކެވެ.

" ހޭއި........ޖީޖީ..." ރެއިނާ ދޮރު ހުޅުވައިލިއެވެ.

"ހާދަ އެކްސައިޓްވެފައި ކުއްޖަކު..." ގަޒަލް ފޯނުން ނަޒަރު ވަކިކޮށްލިއެވެ.

"ހޫމް. މިކާއަށް އެންމެ މީރު އެއްޗެހި ހަދަން ރެސިޕީ މިބަލަނީ. ކުޑައިރު ކާ ހިތްވި އެއްޗެހި ބަދަލުވެސް ވާނެ ދޯ. އަދި ރަށުން ލިބެން ހުންނަ އެއްޗެހި މިރަށުން ނުވެސް ލިބޭނެ..." ރެއިނާ އެނދުމައްޗަށް ޖެހިގަތެވެ.

"ކޯންޗެއް މިކާއަށް އެންމެ މީރީ."

"އައިސްކްރީމް އޭރު ނުލިބޭ އެހެންވެ....ރާސްބެރީ ކަސްޓަޑް މީރުވެގެން އުޅުނު. އަދި ކްރަމްޕީވެސް. ދެން ޕިއްޒާއާއި ޗީޒް.......ޗީޒް އެޅި ކޮންމެ އެއްޗެއް ހަމަ މީރުވާނެ. އޭރު ނުލިބުނަސް މިކާގެ އައްމާދު ޑޭޑް ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމަށް ބަލަނީ..................." ރެއިނާ ހިނިތުންވެލިއެވެ.

"ދީނީ ވީމަ ގެންގުޅޭ ގޮތް ތަފާތުވެސް ވެދާނެ. ދުނިޔެއާއިހެދި އުޅެން ދަސްކޮށްނުދީ ﷲއަށްޓަކާ ލޯބިވާން ދަސްކޮށްދީފައި ހުރެދާނެއްނު..............." ގަޒަލް ވިސްނައިލިއެވެ. "އެއީ ރާގީއެއްނު.."

"ތިބުނީ ޖިހާދީ ފިކުރުގެ ކުއްޖަކަށް ވެދާނެއޭތަ؟ "

"ހޫމް.......އެހެންވެސް ވެދާނެ..ހީ މައިޓް ބީ ރިއަލީ ޓަފް...ތަޅަން ދަސްކޮށްދީ ވަރުގަދަ ހަގުރާމަވެރިއެއް ނޫންކަން ނޭގޭ....އެނީވޭސް ކޮންމެކަހަލަ ކުއްޖަކަށްވިޔަސް އަހަރެމެންގެ އެންމެ ލޯބިވާ މިކާ. ކެތެއް ނުވޭ ބައްދަލުވާ ހިތުން. މިއަދު މީ ކޮން ތާރީޚެއްތަ؟ އަޖައިބަކީ މަންމަމެންނަށް މާމަ ދަރިފުޅަށް ދައުވަތުދެވޭއިރުވެސް ނޭގޭ އެކަމަކު ކައި ވަރަށް ސަކަރާތްވެފައި ހުންނާނީ. ފެނުނީމަވެސް އެނގޭނެއްނު.........................................................................."

"އަބަދު މަގޭ ވާހަކަ ނުދައްކާ ނުވޭތަ؟ " ކައިޔާން ހުއްދަ ހޯދުމެއްނެތި ވަނެވެ.

"މިކާހް ކައިޔާންއަށް ދައުވަތު ދީގެން ރެއިނާ ރެސިޕީ ފޮތްތައް ބަލަނީ. މިކައަށް ޗީޒް އެއްޗެހި މީރުވީމަ..........." ގަޒަލް ފުޅާ ހިނިތުންވުމަކައެކު ކައިޔާންގެ ހިތުގައި ބަސްތަކުން ޖެހިއެވެ. ނޭގިއެވެ. އެ ލަފުޒުތަކުން ކައިޔާންއަށް ކުރި އަސަރުން ލިބުނު ސިހުމާއި ހިތްދަތިކަން އެ ލޮލުގައި ވިދުވަރެއްހެން ޖެހިފައި ދިޔައީއެވެ. އޭނަ ހިންދިރުވައިލިއެވެ. ރެއިނާ އިސްޖެހިގޮތަށް ހުއްޓުން އަރާފައިވާ ބުދެއްފަދައެވެ.

"ރެއިން. ނޭވާ އެބަ ލަންތަ........"ގަޒަލް ދިމާކޮށްލިއެވެ.

"ސްވީޓްހާޓް. ތިގޮތަށް ދިމާކުރުމަކީ ޖީޖީގެ ސިފައެއްވެސް ނޫން. ވަރަށް ޗޭންޖު އެބަވޭ. އެހެންނު ވާނީ.........." ކައިޔާން ހަށަން ބަދެލިއެވެ.

"ރެއިން ލައިފަށް އައިކަމީ ހަމަ ނަސީބެއް. އެހެންވެ ދީން ބޮޑަށް ދަސްވީ. ކައިގެ ލައިފަށް އައި ދީނީ ކުއްޖާ އެހާ ދީނީ ވިނަމަ ޗޭންޖްކޮށްފައި ދާނީ. ބަޓް ޔޫ އާ ދަ ސޭމް ކައި.. ރަމަޟާން މިއޮތީ ކައިރީގައި. ކައިވެސް ގުރުއާން ތަރުޖަމާ ކިޔާފައި ލެކްޗާސްތައް ބަލަންވީނު. ގްރޫޕަށް ލިޔަސް ކައި ނުވެސް ބަލާ..." ގަޒަލް ޝަކުވާކުރިއެވެ.

"އެއްކަލަ ލެކްޗާސް ދޭންފެށީ...."

"އެބަ އަންނަން..." ރެއިނާ އެނދުން ފުންމައިލިއެވެ.

"ނޫން އަންނާނެކަމެއް ނެތް. ގެޓް ލޮސްޓް..." ކައިޔާން ބުނެލިއެވެ.

"ކައި އެއީ ދަރިފުޅުގެ މަންމަ. ރެސްޕެކްޓްކުރާކަށް ނުވާނެތަ؟ ނޫނީ މިކައަށްވެސް އެކަންތައް ދަސްވާނީ.................މިކާ މިގެއަށް އައީމަ މަންމަ ގާތު ބުނާނަން އެ ސިއްރު....."

"ޝަޓަޕް ގަޒަލް. އެންމެ ލަފުޒެއް ބުންޏަސް........" ކައިޔާން އެއްޗެކޭ ބުނަން އުޅެފައިވެސް މައިތިރިވިއެވެ. ކުޑަކޮށް ހީލިއެވެ." ޖީޖީ. މިހާރުވެސް ވަރަށް އުދަގޫ ހާލަތެއްގައި މިހިރީ އިތުރަށް އުދަގޫ ނުކުރޭ ޕްލީޒް. މޮޔަވެދާނެ.."

"އެހެންވަނީ ބޭޑް ޗޮއިސްތައް ނެގީމައެއްނު ކައި ބްދަރާ....ސަޖަލް މުއްސަދިވީމަ މެރީކުރީ. ލޯބިވެގެނެއްނޫން. ރެއިނާއާއި މެރީކޮށްފައި ބޭބީއަކު ހުރިކަން އެނގުނީމަ އެކަން ނުކުރިނަމަ......" ގަޒަލް ދުރުވިސްނޭ މުސްކުޅިއެއްހެން ބުނެލިގޮތުން ކައިޔާން ހޭންފެށިއެވެ.

"އޯކޭ ގްރޭންޑް މާ..އިތުރު އެޑްވައިސްއެއް ނެތްތަ؟ "

"މިކާގެ ހަގީގަތް އެގުނީމަ މަންމަ ކައިއަށް ފޯސްކުރާނެ ރެއިންއާއި މެރީކުރަން. މިހާރުއްސުރެ މެންޓަލީ ރެޑީވައްޗޭ ޑާލިން ބްރަދާ.............." ގަޒަލް ދޫނެރެލިއެވެ.

***

އައްމާދު މިލާންގެއަށް ވަންއިރު އެއްކަލަ ކަޅުބުޅާ ލޯ ދިއްލާލައިގެން ގަސްދޮށުގައި އޮވެފައި ލޯމަތިން ގެއްލުނެވެ. އާފާގުއާއި އެހެން އެކުވެރިންނަށްވެސް އެ މަންޒަރު ފެނުނެވެ.

"ހެލުސިނޭޝަންއެއް.." މިލާންއަށް ބުނެވުނެވެ،

"ނޫން. ހަމަ އެ ޖިންނި ލޯ ދިއްލާލައިގެން އޮވެފައި ގެއްލުނީ..ވަރަށް ރުޅިއައިސްފައި އެއޮތީ..............." އައްމާދު ހީލިއެވެ.

"މުސްލިމް ޖިންނިންތަ؟ "

"ނަމެއްގައި މުސްލިމުން. ...." އައްމާދު ބުނެލިއެވެ.

" އާފާގު އެހާ ކިޔައިދިނީމަވެސް އަޅުކަމާއި ދުރުވެވުނު ސަބަބަކީ މިއީކަމަށްވާނީ...." މިލާން ބުމަ ކައިރިކޮށްލިއެވެ. " ކޮންމެ ސަބަބެއްވިޔަސް ގުޒް މަރައިލިއްޔާ ކިހިނެއް މާފުދެވޭނީ. އެންމެން ދިނަސް އަހަރެން ނުދޭނަން. އަހަރެންގެ ބޮޑީ ޔޫޒްކޮށްގެން އެކަމެއް އެހިންގީ. ކިހިނެއް އިންސާފު ލިބޭނީ....."

"އިންސާފު ލިބޭނީ އާޚިރަތްދުވަހު. އިންސާނުންގެ ފަރާތަކުން އެފަދަ ކަމަކަށް އުއްމީދު ކުރާނެ ކަމެއް ނެތް. ޖިންނީންގެ ފަރާތުންވެސް ހެހެހެ................"

މިލާން ގެއަށް ވަނުމުން އައްމާދުއާއި އެކުވެރިންވެސް ފަހަތުން ދިޔައެވެ. ލިވާއީ އިއާން ހާޒިލް އަދި ކައިޔާންއަށްވެސް އެވަގުތު އާދެވުނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އެންމެންނަށް ސިހުން ލިބި ހިރިލާންވެސް ނުކެރިފައި ތިއްބެވެ.

"އައްމާދު ކަލޭ މިގެއަށް ތިއައީ ކީއްކުރަންތަ؟ " މިލާންގެ އަޑު ބަރުކޮށްލާފައި ކުއްލިއަކަށް ވާހަކަ ދެއްކިއެވެ. "މަށެއް ދައުވަތު ނުވެސް ދެން. ކަލޭ ދިވެހި ރާއްޖެއިން މިތަނަށް އަންނަން ކޮންމެހެން ޖެހުނު ސަބަބެއް މަށަކަށް ނޭގޭ. އަދި އެވެސް މީހެއްގެ ދަރިއެއް ތިމާ އަމިއްލަ ކޮށްލައިގެން............"

"މިގެވެސް މިހާރު އަމިއްލަ ތަނަކަށް ހަދަން ތިއުޅެނީ؟ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ. ތިމާމެންގެ ނަސްލު މީހުންނައެކު އުޅެން ދަސްކޮށްބަލަ. ހެއްދެވި ފަރާތްދެކެ ބިރެއްނުގަނޭތަ؟ ކަލޭމެން މާ ވަރުގަދަ ކަމަށް ހެދުނަސް ތިއީ ﷲ އުފެއްދެވި މަޚުލޫގެއް. ހަގީގަތުގައި އިންސާނުންނަށް ލިބިފައިވާ ބާރެއްވެސް ކަލޭމެންގެ ނެތް. ވީމަ އަހަރެން މިރޭ ޗޮއިސްއެއް ދޭނަން. މިލާން ދޫކޮށްލާފައި ދޭ ނޫނީ އަންދާލާނަން.." އައްމާދުގެ ޖުމްލައިން މިލާން ރުޅިވެރިކަމާއެކު އޭނައާއި ދިމާލަށް ޖެހިގަތީ ސިންގާއެއް ފަދައިންނެވެ.

އެހެން މީހުން ބިރުން ފަހަތަށް ޖެހިލިއިރު އައްމާދު ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލިއެވެ. އަދި ގުރުއާނުގެ އަޒާބުގެ އާޔަތްތައް ކިޔަވން ފެށިއެވެ. މިލާން ލޯ އަޅާލައިގެން ހުރީ އެސްފިޔަ ޖަހާނުލައެވެ.

"ކަލޭ ކިޔެވިޔަސް ހިތަކަށްވެސް ނާރާ...."

"ހިތަށް ނާރަންޏާ މަޑުން ހުރެބަލަ......" އައްމާދު އެންގިއެވެ.

"ބުނެފީމެއްނު ހުއްޓާލާށޭ.................." މިލާން ބަރު އަޑު ތަންކޮޅެއް ގަދަވިއެވެ. ދެތިން މީހުން އެއްފަހަރާ ވާހަކަދެއްކުމުން އަޑު އަންނާނީ އެފަދަ ގޮތަކަށެވެ.

އައްމާދު އަޅާވެސް ނުލާ ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެ ރީތި ޖާދުވީ އަޑު އިވުމުން އެންމެނަށް އަސަރުކުރިއިރު މިލާންގެ މޫނުމަތިން ކަންބޮޑުވުން ނުދައްކަން އޭނަ މަސައްކަތްކުރަމުން ދިޔައެވެ.

"ރުހުމުގައި މިލާންއާއި ދުރަށް ދާނީތަ؟ ނޫނީ އަންދާލަންވީ؟ " އައްމާދު ސުވާލުކުރިއެވެ.

"އޭނަގެ ގާތުން އަހާބަލަ އޭނަގެ އާއިލާއިން އަހަރެންގެ ކޮއްކޮ މަރައިލީ ކީއްވެހެއްޔޭ؟ އަހަރެން ކިއްވެ ތިހާ ފަސޭހައިން މިއިންސާނާ ދޫކޮށްލަންވީ؟ އަހަރެންގެ ކޮއްކޮއޭ މަރައިލީ."

"ކާކު މަރައިލީ؟" އައްމާދު އެހިއެވެ.

"ގުޒްލާން. އޭނަ އަނބެއް ކާލާފައި އެއްލައިލި އޮށުން ޖެހުނުގޮތަށް ކޮއްކޮ މަރުވީ. އަހަރެން ދުވަހަކު އެކަމާ މާފެއް ނުދޭނަން..........................." މިލާން ހޭންފެށިއެވެ. މުޅި ކޮޓަރިތެރޭ އެ އަޑު ގުގުމައިލިއެވެ. "އަހަރެންގެ އާއިލާގެ އެތައް ބަޔަކު މިތާ އެބަތިބި. ކަލޭމެންނަށް ލަނޑުދޭނެ..."

"ކިތައް ޖިންނިން އުޅެނީ؟ "

"ދިހަ ހާސް......."

"ޖިންނިންނާއި ބަލާއިރު ތީ މަދު އަދަދެއް. އެކަމަކު ކަލޭ ބޮޑާ ހާކަންޏާ ކޮއްކޮ ދިޔަ މަގުން އެންމެން ދާން ޖެހިދާނެ. ހެއްދެވި ފަރާތަށް ބިރުގަނޭ. އިންސާނުންނަށް އުދަގޫކުރުމުން އެއްކިބާވޭ..އެންމެ ފަހުގެ ފުރުސަތު މިދެނީ. އިސްލާމްވޭ ނޫނީ އަންދާލާނަން...................." އައްމާދު ކިޔަވަން ފެށުމުން މިލާން ހިމޭންވިއެވެ.

އިރުގަނޑެއްވާންދެން ކިޔެވުމަށްފަހު އިތުރު ހަރަކާތެއް ނުފެނުމުން ލިވާއީއާއި އިއާން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. މި މީހުން ކުޅޭ "ގޭމެއް" ކަމަށް ހީކުރެވުނީއެވެ. އައްމާދު ކިޔަވަމުން އޭނަ އަތުގައި ހުރި ފެންތަށިން އެތިފޮދެއް މިލާންގެ މޫނަށް ޖެހުމުން ގެ ފަޅައިގެންދާހާ ބާރަށް އޭނަ ހަޅޭއްލަވައިގަތެވެ. ފާރުތަކާއި ބިންގަނޑު ގުޑައިލިގޮތުން ކުޑަވަރެއްގެ ޒަލްޒަލާއެއް އައިފަދައެވެ. އުދުހިފައި ކަހަލަ ގޮތަކަށް އައްމާދުއާއި ދިމާލަށް އައީ ކަރުތެރެއިން ނުބައި އަޑެއް ލައްވަމުންނެވެ. އެންމެން ސިހުނުވަރުން ދުއްވައި ނުގަނެވުނީ ކިރިޔާއެވެ.

"ކަލޭ ތިކުރާ ކަންތައް ހުއްޓާލާ...ނޫނީ އެންމެން މަރާލާނަން...."

"މިލާންގެ ގައިގާ ހިފަހައްޓާ..." އައްމާދު އެދުނެވެ.

"މިލާން ހިފެހެއްޓުން ބާރުހުރި ފިރިހެނުންނަށްވެސް ފަސޭހަކަމަކަށް ނުވިއެވެ. އައްމާދުގެ ކިޔެވުމުގެ އަޑު ކުރިއަށްވުރެ ގަދަވިއެވެ.

"އެންމެ ރަގަޅު...ކޮންކަމެއް ބޭނުމީ؟ " މިލާން ހަތިޔާރު ބަހައްޓަން ޖެހުނެވެ.

"އިސްލާމްވާނަންތަ؟ " އައްމާދު ސުވާލުކުރިއެވެ.

"އެންމެ ރަގަޅު. އާއިލާ މީހުންނާއި މަޝްވަރާކޮށްލަން ޖެހޭނީ...."

"ހަމަ މިހާރު......ވަގުތެއް ނެތް.." އައްމާދު ހަރުކަށިގޮތަކަށް ބުނެލިއެވެ.

"އެންމެ ރަގަޅު އިސްލާމްވާން ތައްޔާރަށް މިހިރީ......" އޭނަ އަދިވެސް ވާހަކަދައްކަނީ ކަރުތެރެއިންނެވެ.

އައްމާދު ޝަހާދަތް ލާދޭން ފެށިއެވެ. ޖިނާސްއާއި މިޒެފްގެ އާއިލާގެ އެތައްބަޔަކު އިސްލާމްވެ ކުރި ކުށަށް މާފަށް އެދުނެވެ.

މިލާންގެ ހަށިގަނޑަށް އަރާފައިވާ ބާރު ކުޑަވަމުންގޮސް އޭނަގެ މޫނުމަތީގައި ހުންނަ ރޫތައް ފިލާ މޫނު އަލިވިއެވެ. އައްމާދު މޫނުގައި ފެންކޮޅެއް އުނގުޅައިލުމުން ވަރުބަލިގޮތަކަށް ދެލޯ ހުޅުވާލާފައި އެންމެންގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އެ މޫނުމަތިން ފެންނަ އަމާންކަމާއި ހަމަޖެހުމުން ރަމްޒު ކޮށްދިނީ އެ ޖިސްމުގައިވި ހުރިހާ ނޭއްގާނި ބާރަކުން ސަލާމަތްވެފައިވާކަމެވެ.

"މިލާން އާ ޔޫ އޯކޭ؟ " ކައިޔާން ސުވާލުކުރިއެވެ.

"އައި ތިންކް ސޯ...ވަރަށް ލުއިވެއްޖެ...." މިލާންގެ ލޯ ކަރުނުން ތެމުނެވެ. މިހުރިހާ ދުވަހު ހާލެއްގައި އުޅެފައި އެފަދަ ނަސީބެއް ލެއްވުމުން ޖަޒުބާތީ ވެވުނެވެ.

"އަހަރެންވެސް ކުރިއަކުން ގަބޫލެއްނުކުރަން. މިލާންގެ ހުރިހާ ބައްޔަކީ ސައިކޮލޮޖިކަލް މައްސަލަތައް ކަމަށް ހީކުރެވުނީ. ސްލީޕް ޕެރެލެސިސް ސްލީޕް ވޯކިން ޓުރެޓްވެސް ޕޮއިންޓްކުރީ ހަމަ ނަފްސާނީ މައްސަލަތަކާއި އެހެން ކަހަލަ ކޮންޑިޝަންތަކަށް. ލޮލުން ފެނުނީމަ ޖިންނިން ގަބޫލުކުރެވިއްޖެ. އައްމާދު ކުޅަދާނަ އިނގޭ........." ލިވާއީ ތައުރީފުކުރިއެވެ. "ކިތައް ޖިންނިން މައިތިރިކޮށްފިންތަ؟ "

އެންމެން ހިނގާބަލަ ކޮފީއަށް އަރާ ތި ވާހަކަދައްކަން. އައިމް އޯލްސޯ އެކްސައިޓެޑް.." ހާޒިލްވެސް ބުނެލިއެވެ.

ކޮފީއާއި ކާއެއްޗެހި މޭޒުމަތީ އަތުރާލައިގެން އެ ޒުވާނުންތައް ސިޓިންރޫމްގެ ބޯ ދޫލަމަތީ ޖައްސައިލިއެވެ. ކުޝަންތަކަށް ލެނގިލައިގެން އަރާމުކޮށްލަން ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އައްމާދުގެ ސަބަބުން އެ އާއިލާގެ ޒުވާނުންގެ ތެރޭ އޮތް ރުޅިވެރިކަމުގެ ފާރު ނެތިގެން ދިޔައީ ކަމުގެ ނިޝާންތައް ފެނުނެވެ. ޖިންނިންގެ ދުނިޔޭގެ ވާހަކަތައް އައްމާދު ޝައުގުވެރިގޮތަކަށް ކިޔައިދެމުން ދިޔައެވެ. ދޭތެރެއަކުން ހުނުމުގެ އަޑު އިވިލައެވެ. ފަހުން އައްމާދު ސީރިޔަސްވެ ރާގު ބަދަލުކުރިއެވެ. މަޑުމަޑުންގޮސް ދީނީ މައުޟޫއަށް ވާހަކަދެކެވި އޭނަގެ ދަރުސް އަޑުއަހަންވެސް ޖެހުނެވެ. "ޢިންސްޕަޔާ" ކުރުވާ ދީނީ ރޫހު އާލާކުރުވި ވާހަކަކޮޅެކެވެ. ބަރަކާތްތެރި ރަމަޟާން މަސް ކައިރިވަމުން އަންނައިރު ހެއްދެވި ފަރާތާއި ގުޅުން ރަގަޅުކުރަން މަގުދައްކާދިނެވެ.

***

ރެއިނާ ކާރުން ފޭބިގޮތަށް އެ ކުޑަ ކޮޓެޖާއި ދިމާލަށް ބަލަން ހުއްޓާ ބެލާ ޖިބްރީލްއާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ނުކުމެގެން އަންނަތަން ފެނުނެވެ. ޖިބްރީލް ސްކޭޓް ބޫޓަށް އަރުވާލަދޭން ބެލާ އެހީވިއެވެ. ފަންގަނޑެއްފަދަ ބޯ އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި އޮތުމުން ގޯނާކުރަމުން ދިޔަ ވަޔާއެކު އުދުހެމުންދާއިރު ކޮންފަދަ ލޯބިހެއްޔެވެ؟ ރެއިނާ އަށް ދަރިފުޅުގެ މޫނުން ނަޒަރު ވަކިކޮށެއްނުލެވުނެވެ. އައްމާދުއަށް ދައުވަތު ދީފައި އޮތަސް އެ ދުވަހާއި ހަމަޔަށް ހިތަށް ކުޅަދާނަ ނުވެގެން އޭނަގެ ދެފައި އޭނަ ދަމާފައި މިހިސާބަށް ގެނުވީ އަމިއްލަ އެދުމެއްނެތް ލޯބީގެ ސަބަބުންނެވެ. މަންމަގެ ހިތުގައި ދަރިއަކަށްޓަކާ އޮތް ލޯބި ބަޔާންކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ ޖިބްރީލް ސްކޭޓްކޮށްފައި ރެއިނާއާއި ކައިރިވެލިއެވެ. ކުއްލިއަކަށް އެ ދެލޯ ރެއިނާއާއި ބައްދަލުވިއެވެ. އެއާއެކު ޖިބްރީލްއަށް ސިހުން ލިބުނީކަން ނޭގެއެވެ. އަރިއަޅާލިގޮތަށް ހަށިގަނޑު ސަމާލު ނުކުރެވި އަރިއަޅައިލިއިރުވެސް އެކުއްޖާ އަޑެއް ލައްވާނުލިއެވެ. ރެއިނާއަށް މަގޭ ދަރިފުޅާއޭ ބުނެ ހިފަހައްޓާލެވިއްޖެއެވެ. ޖިބްރީލްގެ ބުރަދަން ހިފަހައްޓާނުލެވި ރެއިނާވެސް ފަހަތަށް ވެއްޓެން ދިޔަގޮތަށް މަތަވީ ފާރުގައި ޖެހިފައެވެ.

ނުނިމޭ

comment ކޮމެންޓް