މާފުށީ ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 80 ޕަސެންޓު ނިމިއްޖެ

މާފުށީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓު ނިމިއްޖެ އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނީ މާފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލަ ޕްރޮޖެކްޓް ސައިޓަށް ގޮންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުުގެ މަސައްކަތް ކުރާނެއެވެ.

މިއީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަޝްރޫއުގެ ކޮންޓްރެކްޓގެ އަގަކީ 99.9 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް