ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ޕްލޭނެއް

އާ ރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅު--

ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ ވިސްނުން އެބައޮތް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުުރުމުގެ ވިސްނިން އެބައޮތް ކަމަށާއި މިހާރު ކުރަމުންދަީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށެވެ.

"ކޮންސެޕްޓް ޕްލޭން މިިހާރު އޮތީ ތައްޔާރު ކުރެވިފައި. އަދި ލޭންޑް ސްކޭޕިން އާ މިފަދަ ކންތައްތަކުގެ ޑީޓެއިލިން މަސައްކަތް މިހާރު ކުރިއަށް އެދަނީ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ކްރޮސްރޯޑުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާން ތައްޔާރުވެފައިވާ ކަމަށެވެ.

އާ ރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅު ސަފާރީތަކަށް ވަގުތީ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރީ ސަރުކާރުން އެމްޕީއެލް އާ ހަވާލު ކުރިއެވެ. ފަހުން މި ސަރުކާރުން ވެސް ވަނީ ސަފާރީ ބަނދަރުގެ ގޮތުގައި ދިޔަނެރު ދޭއް ފަޅު ދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

https://sun.mv/148932

މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި މަބްރޫކު ވިދާޅުވީ ދަތުރު ދާނެ ރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މިއަހަރަށް ނިންނަް އޮތް ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް ކޮވިޑް19 އާއެކު އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވަނީ އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.

މި ރަށް ތަރައްގީކުރާނެ ޕްލޭން ދައްކާލާފައިވަނީ 2019 އޭޕްރީލް ދެވަނަ ދުވަހުއެވެ.

ސަރުކާރަށް އެއް އަހަރު ވާއިރު، މާލޭގެ ރައްޔިތުންނަށް މި ރަށް ޕިކްނިކް އައިލެންޑުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އޭރު ވިދާޅުވެފައެވެ.

comment ކޮމެންޓް