ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ދިރެން ފަށާނެ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިިސޯދު ގްރޯތު ޕާތަކަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކުއާޓާ އެކެއް ނިމުނު އިރު އިގްތިސޯދު އޮތީ ފާސްޓް ފޭސް ރިކަވަރީގައި ކަމަށެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑު19 ގެ ހާލަތާއެކު، ކުރިން ލަފާކުރެވިފައި އޮތީ މިއަހަރު ތެރޭ ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނީ 13 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރު ތަފާތު ކަމަށާއި ޓޫރިޒަމް ސިނާއަތް ރަނގަޅުވެ ދައުލަތުގެ އާމްދަނީވެސް ރަަގަޅުވާން ފަށާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ކުއާޓާާޓާ އެކެއް ނިންމާލި އިރު މިތިބީ ފާސްޓް ފޭސް ރިކަވަރީއެއް ގައި. ކުއާޓާ ދޭތް ނިމޭއިރު ގްރޯތް ޕާތަށް އަރާނެ" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ މީގެ ކުރިން ހީކުރެވިފައި އޮތީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އެދެވޭ ކުރިއެރުމެއް މި އަހަރު ތެރޭ ނާންނާނެ ކަމަށެވެ. ނަމަވެސް ޔޫރަޕާއި ޗައިނާގެ މާކެޓު ރަނގަޅަށް ނުހުޅުވަނީސް މި އަހަރު ތެރޭ މިހާތަނަށް ތިން ލައްކައެއްހައި ފަތުރުވެރިން އައިސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވަނީ ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިން ކުރާ މަސައްކަތް ފާހަގަ ކުރައްވާ، ރިސޯޓު މަސައްކަތްތެރިންގެ ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މި ހާލަތުގައި ރިސޯޓުތަކުގެ މުވައްޒަފުން އެ މަސައްކަތް ކުރަނީ އުނދަގުލުގައި. އެވާ ގުުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމުނު އިރު އާމްދަނީ ލިބޭނެ ލަފާކުރެރި ވަރަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވި އިގްތިސޯދު މިހާރަށް ވުރެ ރަގަޅަށް ހިނގައިގަނެފި ނަމަ އަހަރުގެ ކުރިއަށް އޮތްތަނުގައި އިގްތިސޯދު އިތުރަށް ރަނގަޅުވާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

comment ކޮމެންޓް