ފެލިވަރު ކްލަސްޓާ: ހޮޅުދޫ ވެސް ބަންދުކޮށްފި

ނ. ހޮޅުދޫ ---

ނ. ހޮޅުދޫ އިން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން މަނާކޮށްފި އެވެ.

ހޮޅުދު ސިއްހީ މަރުކަޒުން ބުނީ، އެރަށުން ޕޮޒިޓިވްވީ ޅ. ފެލިވަރުން ފެނިފައިވާ ކްލަސްޓައާ ގުޅުންހުރި ދެމީހުން ކަމަށެވެ. އަދި މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފެލިވަރުން، ހޮޅުދޫއަށް ދަތުރުކުރި ބަޔަކު، 20 މާޗުގައި އެނބުރި ފެލިވަރަށް ދިޔަ ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ކޭސްތަކާ ގުޅިގެން، ހޮޅުދޫ އިން އަންނަނީ ސާމްޕަލް ނަގާ ޓެސްޓުކުރަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އެރަށް މޮނިޓަރިންއަށް ލާފައި ވަނީ އިއްޔެގެ 11:37 އިން ފެށިގެން ކަމަށެވެ. ކޭސް އިންވެސްޓިގޭޓްކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައިފޭބުން މަނާވާނެ އެވެ.

ފެލިވަރު ކްލަސްޓާގެ ގިނަ ކޭސްތަކެއް މެދުރާއްޖެތެރޭގެ ރަށްރަށުން ދަނީ ފެންނަމުންނެވެ. އަދި އެ އެރަށްރަށަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް