މާފަންނުގައި މާރާމާރިއެއް ހިންގި ބަޔަކު ހޯދަނީ

މާލޭގައި މިރޭ ހިންގި މާރާމާރީގެ ތެރެއިން

މާފަންނުގައި މާރާމާރިއެއް ހިންގައި ފިލި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ދިގު ފަތިގަނޑެއް ކަހަލަ އެއްޗެއް ހިފައިގެން ތިބި ބަޔަކު ބަޔަކަށް ހަމަލާދީ ތަޅާ ފޮޅާ ތަނެވެ. އެވަގުތު މަގުމަތީ އާންމުންގެ މީހުން ވެސް އުޅޭތަން ފެނެއެވެ.

ފުލުހުން ބުނީ މުރަނގަ މަގުގައި މާރާމާރިއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 20:13 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހުން ސަރަހައްދު ދޫކޮށް ގޮސްފި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް