މިއަދު 147 މީހުން ޕޮޒިޓިވްވި އިރު ގިނަ ކޭސްތައް އަތޮޅުތެރެއިން

އޮގަސްޓު 23، 2020: މާލޭގެ މަގުމަތި --- ސަން ފައިލް ފޮޓޯ -- ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 147 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 65 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 59 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުންގެ އިތުރުން ތަރައްގީކުރަމުން އަންނަ ރިސޯޓަކުން ޕޮޒިޓިވްވި މީހަކާއި ސިނާއީ ބޭނުންތަކަށް ބޭނުންކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި ދެ މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 23،671 އަށް ވަނީ އަރާފަ އެވެ.

މިވަގުތު 2،759 މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 93 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު 116 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 20،839 އެވެ. އެ ބަލީގައި ރާއްޖެއިން މިހާތަނަށް 66 މީހުން ވަނީ މަރުވެފަ އެވެ.

މިއަދު އަތޮޅުތެރެއިން ޕޮޒިޓިވްވީ މީހުން ގިނަވިއިރު، ކ. ހުރާ އިން 24 މީހަކު، ޅ. ނައިފަރާއި ދިއްފުށިން ކޮންމެ ރަށަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް