ސުޕަޑާންސާ 4 މީޑިއާނެޓުން ބަލާލެވޭނެ

ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޒަންގެ ކާމިޔާބު ޑާންސް ޝޯ، ސުޕަ ޑާންސާގެ ކާމިޔާބު ތިން ސީޒަނަށްފަހު، އެ ޝޯގެ އާ ސީޒަނެއް ދެއްކުމަށް ތައްޔާރު ވެއްޖެއެވެ.

މިފަހަރުވެސް ސުޕަ ޑާންސާގެ ޖަޖުންގެ ގޮތުގައި ޝިލްޕާ ޝެޓީ ކުންޑްރާގެ އިތުރުން ގީތާ ކަޕޫރާއި އަނޫރާގު ބާސޫ ފެންނާނެ އެވެ. ސުޕަ ޑާންސާ ޗެޕްޓާ 4 ގެ ހޯސްޓުންގެ ގޮތުގައި ފެންނާނީ ޕަރީތޯޝް ތުރިޕާތީ ނުވަތަ މާމާޖީގެ އިތުރުން ރިތުވިކް ދަންޖާނީ އެވެ.

ސުޕަ ޑާންސާ 4، "ނާޗްކާތިޔޯހާރް" ވެސް ވެގެން ދާނީ އެ ޝޯގެ އެހެން ސީޒަން ތަކެކޭ އެއްގޮތަށް ފޯރިގަދަ، ހުނަރުން ފުރިފައިވާ ކުދިންގެ ހަރަކާތްތައް ދައްކާލާނެ ޝޯ އަކަށެވެ. މިއީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުޅޭ ކުޑަކުދިންނަށް އެ ކުދިންގެ ނެށުމުގެ ހުނަރު ދައްކާލުމަށް ފުރުސަތު ދޭ ޝޯ އެކެވެ.

ސުޕަ ޑާންސާ 4، މާޗު 27 އިން ފެށިގެން ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެެ 19:30 ގައި ސޮނީ އެންޓަޓެއިންމެންޓް އެޗްޑީ (މީޑިއާ ނެޓް ޗެނަލް 853) އިން ދައްކާނެ އެވެ.

ސުޕަ ޑާންސާ ޝޯވ އަށްފަހު ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެެ 21:00 ގައި އިންޑިއަން އައިޑަލް ވެސް ފެންނާނެ އެވެ.

ޝޯތައް ނުބެލިއްޖެ ނަމަ، މީޑިއާ ނެޓްގެ މަލްޓިސްކްރީން އެޕްގެ ކެޗްއަޕް ސާވިސް ބޭނުންކޮށްގެން ޝޯ ބަލާލެވޭނެ އެވެ. އަދި ހަތަރު ދުވަސް ވަންދެން މަލްޓި ސްކްރީނު އެޕު މެދުވެރިކޮށް، ޓީވީ އިން މިސް ވާ ޕްރޮގްރާމުތައް ފެންނާނެ އެވެ.

comment ކޮމެންޓް