ސްކާލޮޓް ގެ "ބްލެކް ވިޑޯ" ފަސްކޮށްފި

ބްލެކް ވިޑޯ ރިލީޒްކުރާނީ ޖުލައި ގައި---

އެމެރިކާގެ މަޝްހޫރު ބަތަލާ ސްކާލޮޓް ޖޯންސަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އެ ފިލްމު އެ ދުވަސްވަރު ނޭޅުވުނީ ކޮވިޑގެ ސަބަބުންނެވެ. ވަކި މުއްދަތެއް ނެތްގޮތަކަށް މި ފިލްމު އެޅުވުން ފަސްކުރިއިރު މިހާރު ބްލެކް ވިޑޯ ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ފިލްމު އޮންލައިން ކޮށް ވެސް ސިނަމާތަކުގައި ވެސް ރިލީޒްކުރާނެއެވެ. އޮންލައިން ކޮށް ސްޓްރީމްކުރާނެ ޕްލެޓްފޯމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއެވެ.

ސްކާލެޓް ޖޮހޭންސަންގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރޭޗަލް ވިޒް، ޑޭވިޑް ހާބަރ އަދި ފްލޮރޭންސް ޕަގްއެވެ.

comment ކޮމެންޓް