އެކްޓަރު އާމިރު ޚާން ވެސް ކޮވިޑަށް ޕޮޒިޓިވް

އާމިރު ޚާން ---

ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެކްޓަރުންގެ ތެރޭ ހިމެނޭ ކުޅަދާނަ ބަތަލު އާމިރު ޚާން 56، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކްޓަރު އާމިރު ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އޭނާގެ ސްޕޯކްސްޕާސަން ބުނީ މިވަގުތު އާމިރު ހުރީ ސެލްފް ކަރަންޓީނުގައި ގޭގައި ކަމަށެވެ. އަދި ހުރިހާ ޕްރޮޓޮކޯލްސް ތަކަށް ފޮލޯ ކުރާ ކަމަށާއި އާމިރުގެ ހާލު ރަނގަޅުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ވޭތުވެދިޔަ ދުވަސްތަކު އާމިރު އާ ކޮންޓެކްޓްވި ހުރިހާ އެންމެންވެސް ކޮވިޑަށް ޓެސްޓުކުރުން މުހިއްމު ކަމަށެވެ. އަދި އާމިރަށް ހެޔޮ ދުޢާކޮށްދޭ ހުރިހާ އެންމެންނަށްވެސް ޝުކުރުއަދާކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރީނާ ކަޕޫރު އާއެކު ފެނިގެންދާ ފިލްމު "ލާލް ސިންހް ޗައްޑާ" އިންނެވެ. އާމިރު ކޮވިޑަށް ޕޮޒިޓިވްވި އިރު މި މަހު ވަނީ ކާތިކް އާރްޔަން، ރަންބީރު ކަޕޫރު އަދި ސަންޖޭ ލީލާ ބަންސާލީ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް