ހއ. އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ލައްގަނީ، ފިއްލަދޫއަށް 25 ކިލޯގެ ގޯންޏެއް

އޮކްޓޫބަރ 8، 2020: އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން: މަސްތުވާތަކެތި ނައްތާލާފައިވަނީ މީޑިއާތަކުގެ ހާޒިރުގައި ދޫނިދޫގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ލައްގަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ޔަގީންކޮށްދެއްވައިފަ އެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ޕެކެޓުތަކެއް ލައްގަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަތޮޅު ފިއްލަދޫ އަދި ވަށަފަރަށް ވެސް އެފަދަ ޕެކެޓުތަކެއް ވަނީ ލައްގައިފަ އެވެ.

ފިއްލަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ، އިބްރާހީމް ޝަހީމް "ސަން" އަށް ވިދާޅުވީ އެ ރަށުގެ ފަޅުތެރެއިން މިއަދު ހެނދުނު 11:30 ހާއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ކުދި ޕެކެޓުތަކެއް ހުރި ބޮޑު ގޯންޏެއް ކަހަލަ އެއްޗެއް ލައްގާފައިވާ ކަމަށެވެ.

ބަރުދަނުގައި 25 އެއްހާ ކިލޯ ހުރި އެ ގޯނި ފެނިފައިވަނީ މަހަށް ގޮސް އައި ދޯންޏަކަށް ކަމަށާއި، މިހާރު އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ބޮޑު ގޯނީގެ ތެރޭގައި ހުރީ އެއްޗެހިތަކެއް އަޅާފައި ހުރި ކުދި ކޮފީ ޕެކެޓުތަކެއް ކަހަލަ ޕެކެޓުތަކެއް ކަމަށެވެ. އަދި ބޮޑު ގޯނި ހަލާކުވެގެން، އޭގެން ބޭރުވެފައި ހުރި ވަކިވަކި ޕެކެޓުތަކެއް ވެސް އެހެން ދިމާލަކުން ހޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް