"ތަލައިވީ"ގެ ޓްރެއިލާ ކަންގަނާގެ އުފަންދުވަހު!

ފިލްމުގައި ކަންގަނާ ފެނިގެންދާނެ ގޮތެއް---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ އަންހެން ބަތަލާ ކަންގަނާ ރަނައުތު 33، ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ" ޓްރެއިލާ ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

މި ފިލްމުގެ ރަސްމީ ޓްރެއިލާ ކަންގަނާގެ އުފަންދުވަހު ރިލީޒްކުރާއިރު އެ ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. މި ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޖޭ ޖަޔާލަލީތާގެ އުފަންދުވަހު ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކުރަމުން ކަންގަނާ މީގެ ކުރިން ކުރި ޓްވީޓެއްގައި ބުނީ ލެޖެންޑެއްގެ ވާހަކަ ކިޔައިދޭ މި ފިލްމު ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އެ ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަލް ވިޖޭ ޑައިރެކްޓްކުރާ އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޕްރަކާޝް ރާޖް، އަރްވިންދް ސްވާމީ އަދި ބަގްޔާޝްރީ އެވެ.

ތަލައިވީ ކުޅެން ކަންގަނާ 20 ކިލޯ ބަރުކުރި އިރު މި ޕްރޮޖެކްޓް އޭނާ ސިފަކުރަނީ އެންމެ އުންމީދީ ޕްރޮޖެކްޓްގެ ގޮތުގަ އެވެ.

comment ކޮމެންޓް