ފިލްމު "އަނޭކް"ގެ ޝޫޓިން އަޔޫޝްމަން ނިންމާލައިފި

އަޔޫޝްމަން ކުރާނާ ގެ އަނޭކްގެ ޝޫޓިން ނިންމާލައިފި

ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު "އަނޭކް"ގެ ޝޫޓިން ނިންމާލައިފި އެވެ.

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން މި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ބުނީ މި ފިލްމަކީ ހައިރާންކަމުން ފުރިގެންވާ ރީތި ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ޖޯޝުއާ ކެރެކްޓާ މަތިން އޭނާ ވަރަށް ހަނދާންވާނެ ކަމަށް ވެސް އަޔޫޝްމަން ބުންޏެވެ.

މި ފިލްމަކީ އަޔޫޝްމަން "އާޓިކަލް 15"ގައި އެކުގައި މަސައްކަތް ކުރި އަނޫބަވް ސިންހާ އާ އެކުގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓް އަނޭކް އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އޭނާއާ އެކު ހަރަކާތްތެރިވާނީ ކޮން ކޮން ތަރިންނެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ. ކުޅަދާނަ އެކްޓަރުގެ އަތުގައި ގިނަ ފިލްމުތަކެއް މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ރަކުލް ޕްރީތު އާއެކު ކުޅޭ "ޑޮކްޓަރު ޖީ" އާ ސާރާ އަލީ ޚާން އާއެކު ކުޅޭ ފިލްމެއް ވެސް އެބައޮތެވެ.

comment ކޮމެންޓް