ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. ގަމު މުކުރިމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

މި މަހުގެ 14 ވީ އާދީއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އަނިޔާވީ 55 އަހަރުގެ ދިވެހި އަންހެނަކަށާއި، 28 އަހަރުގެ ދިވެހި އަންހެނަކަށް އަދި 32 އަހަރުގެ ބިދޭސީ އަކަށެވެ.

އޭގެ ތެރެއިން 55 އަހަރުގެ އަންހެން މީހާ، ލ. ގަން، ވެލަބުލިގެ، ފާތިމަތު މަނިކެއަށް އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މިއަދު މަރުވެފަ އެވެ.

ފާތިމަތު މަނިކެގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ގަމުގައި ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވެފައިވާއިރު، އިއްޔެ ހެނދުނު އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކުވެސް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް