ވެނޮމް 2 ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި

ވެނޮމް 2 އަޅުވާނީ ސެޕްޓެމްބަރު--

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަން ހަމަޖެހުނު ފިލްމު "ވެނޮމް: ލެޓް ދެއާ ބީ ކާނޭޖް- ވެނޮމް 2" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި ފިލްމު ރިލީޒްކުރުން ފަސްކޮށް ފިލްމު އަޅުވަން ހާމަކުރި ތާރީޚަކީ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ތިން ވަނަ ފަހަރަށް މި ފިލްމު އަޅުވަން ފަސްކޮށްފައިވާއިރު މިހާރު ފިލްމު އަޅުވަން ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ.

ވެނޮމް 2 އަކީ އެންޑީ ސާކިސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ވެނޮމްގެ ރޯލު ކުޅޭނީ ޓޮމް ހާޑީއެވެ. ވެނޮމްގެ ރޯލުން ޓޮމް ހާޑީ ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން ޓޮމް ހާޑީއަކީ ވެނޮމްގެ ފޭނެކެވެ. ސްޕައިޑަ މޭންގެ އެންމެ މަގްބޫލް ކެރެކްޓާރ، ވެނޮމް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސޭމް ރައިމީ ޑައިރެކްޓްކުރި، "ސްޕައިޑަ މޭން 3" އިންނެވެ. އެ ފިލްމުގައި ވެނޮމްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޓޮފާ ގްރޭސްއެވެ.

ވެނޮމްގެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް އައީ 2018 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް