ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރި ފަރުވާދެނީ

މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ލޮޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަނިޔާވެފައި ވަނީ "ހުށިޔާރު" ނަމަކަށް ކިޔާ ދޯޏްޏެއްގައި މަސައްކަތްކުރާ ފަޅުވެރިޔަކަށެވެ.

ހާދިސާ ހިނގި އިރު އެ ދޯނި އޮތީ އެކެފަރު ކަނޑާ ނަމަކަށް ކިޔާ ފަޅު ރަށެއްގެ ނުވަ މޭލު ބޭރުގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަނިޔާވެފައި ވަނީ ދޯނީގައި ހުރި 55 އަހަރުގެ ދިވެއްސަކަށެވެ.

ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 9:58 ގަ އެވެ.

ހާދިސާ ހިނގުމާ އެކު އެމްއެންޑީއެފުގެ ސަދަން އޭރިއާ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު އަނިޔާވި މީހާ ވަނީ 11:55 ކަންހާ އިރު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.

މިފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގާ މިންވަރު މިވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ވެސް ޅ. މުލީ ބޮއި ކައިރީގފައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިގެން ވަނީ ފަރުވާ ދީފަ އެވެ. އޭގެ އިތުރުން ވެސް ފެބްރުއަރީ މަސް ތެރޭގައި ކުޅުދުއްފުށީ ބޮއި ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ މަސްވެރިޔަކަށް ވެސް ވަނީ ލޮލަށް ބުޅި ހެރިގެން ފަރުވާ ދީފަ އެވެ.

comment ކޮމެންޓް