ރާއްޖެ އިޝްތިހާރު ކުރަން ރަޝިއާގެ ފެއާއަށް

ރަޝިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން--

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ (އެމްއައިޓީޓީ) ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރި ވެއްޖެ އެވެ.

މިއީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ފެއާ އަކަށް ގޮސް ރާއްޖެ އިޝްތިހާރު ކުރާ ފުރަތަމަ ފަހަރެވެ.

މާޗު މަހުގެ 16 އިން 18 އަށް މޮސްކޯ ގައި ކުރިއަށް ދާ މި ފެއާ ގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރަޝިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓާރުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރާނެ އެވެ.

މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 23 މަންދޫބަކު ބައިވެރިވެއެވެ.

މި ފެއާއަކީ ރަޝިއާ ގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޑެސްޓިނެޝަން ޕްރެޒެންސް ވަރުގަދަ ކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ރަޝިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ އަަހަރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް 238،533 ޓޫރިސްޓުން އައި އިރު، 21.5 ޕަސެންޓު މީހުންނަކީ ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

comment ކޮމެންޓް