އިސްލާމިކް ބޭންކަށް 10 އަހަރު، ކުރިއެރުމުގެ ސިއްރަކީ ކަސްޓަމަރުން

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

އިސްލާމިކް ބެންކިންގެ ހިދުމަތް ދިނުމަށް ރާއްޖޭގައި މޯލްޑިވްސް އިސްލާމިކް ބޭންގެ ހިދުމަތް ފެށީ 2011 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެމްއައިބީ އަކީ ރާއްޖޭގައި ޝަރިއްޔާގެ އުސޫލުތަކުގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ ބޭންކެވެ.

އެމްއައިބީ އަކި ދިވެހި ސަރުކާރާއި، އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ބައިވެރިވެގެން އުފެއްދި ބެންކެކެވެ.

ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމަށް އުފެއްދި އެމްއައިބީގެ މައިގަނޑު އަމާޒަކީ ދިވެހި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމާއެކު ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ފުޅާކުރުމެވެ.

މީގެ އިތުރުން ދިވެހި މުޖުތަމައަށް އިސްލާމީ އުސޫލުތަކުގެ މަތިން މާލީ މުއާމަލާތްތަށް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަކީވެސް އެ ބޭންކުގެ މަގުސަދެކެވެ.

މިއަދު އެމްއައިބީ ވެފައި ވަނީ ރާއްޖޭގެ ހުރިހާ ނާރެހެއްގައި ހިއްސާވާ ބޭންކަކަށެވެ.

އެމްއައިބީ އުފެއްދުން އަދި ރައުސުލްމާލް

އިސްލާމިކް ބޭންކު އުފެއްދުމަށް އިންވެސްޓު ކުރި 150 މިލިއަން ދިވެހި ރުފިޔާއަކީ ދިވެހި ސަރުކާރުގެ 15 ޕަސަންޓު ހިއްސާ އަދި އައިސީޑީގެ 85 ޕަސަންޓު ހިއްސާގެ މައްޗަށް ކުރެވުނު އިންވެސްޓްމަންޓެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ދިވެހި ސަރުކާރުންނާއި އައިސީޑީގެ ފަރާތުން އިތުރު 30 މިލިއަން ދިވެހި ރުފިޔާ ރައުސުލްމާލަށް އިތުރުކުރިއެވެ. އަދި 2016 ވަނަ އަހަރު އަމާނާ ތަކަފުލް (މޯލްޑިވްސް) އިން ވަނީ އައިސީޑީގެ ހިއްސާގެ ތެރެއިން މުޅި ބޭންކުގެ ފަސް ޕަސެންޓު ހިއްސާ ގަނެފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސަރުކާރުން ވަނީ އައިސީޑީގެ ހިއްސާގެ ތެރެއިން މުޅި ބޭންކުގެ 10 ޕަސެންޓު ގަނެފަ އެވެ. އަދި 2019 ވަނަ އަހަރު ދިވެހިންގެ ހިއްސާ އިތުރު ކުރުމަށާއި ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭންކުގެ 6،975،000 ހިއްސާ 35 ރުފިޔާގެ ރޭޓުން އާންމުނަށް ވަނީ ހިއްސާ ވިއްކައިފަ އެވެ. އަދި 2019 ނޮވެމްބަރު 17 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރެވިފައި އެވެ.

ރާއްޖޭގެ 20 އަތޮޅުގެ 144 ހަތަރު ރަށުން 16،000 އަށް ވުރެން ގިނަ އަމިއްލަ ފަރުދުން ބޭންކުގެ ހިއްސާ ދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައި ވާއިރު 60 އަށް ވުރެ ގިނަ މުއައްސަސާ އަދި ވިޔަފާރި ކުންފުނިން ވަނީ ބޭންކުގެ ހިއްސާ ގަނެފަ އެވެ.

އެމްއައިބީ އިން ވިއްކަން ހުޅުވާލި ހިއްސާގެ 65 ޕަސަންޓު ހިއްސާ ގަނެފައިވަނީ އަމިއްލަ ފަރުދުން ކަމަށާއި އައިޕީއޯއިން ފެނުނު ނަތީޖާ އަކީ ބޭންކުގެ ވިޔަފާރި އާއި، ކުރިމަގަށް ދިވެހިންގެ އިތުބާރާއި، އުއްމީދު ފެންނަ ކަމެއް ކަމަށް ބޭންކުން ބުންޏެވެ.

ބެންކުގެ ހިދުމަތްތަކާއި މާލީ ކުރިއެރުން

އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތުން ފާއިތުި 10 އަހަރު ތެރޭގައި ބޭންކަށް ގިނަ ކާމިޔާބީތަކެއް ލިބުނު ކަން އެމްއައިބީ އިން ފާހަގަ ކުރެ އެވެ.

އެގޮތުން އެމްއައިބީގެ ސޭވިންގްސް ޑިޕޮސިޓްދިވެހި ބޭންކިން ސިނާއަތުގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެއް ހަމަކޮށްފައި ވާކަމަށާއި އެކަމުން އެނގެނީ ޝަރިއްޔާގެ އުސޫލުން ފައިސާ ރައްކާކޮށް ބެހެއްޓުމަށް މުޖުތަމައުގައި އޮތް އަހަންމިއްޔަތުގެ ބޮޑުކަން ކަމަށް އެމްއައިބީ އިން ބުންޏެވެ.

ބްރާންޗް އަދި ޑިޖިޓަލް ހިދުމަތްތަށް

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ހަ ރަށުގައި އެމްއައިބީގެ ބްރާންޗު ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން މާލެ ސިޓީ (މާލެ އަދި ހުޅުމާލެ) އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އާއި ގދ. ތިނަދޫގައި އެމްއައިބީ އިން ހިދުމަތް ދެ އެވެ.

އެމްއައިބީ އިން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަދި އެމްއެމްއޭ އާއި ގުޅިގެން ޝަރީއްޔާގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކޮށްފައިވާ ޓްރެޝަރީ ބިލް ވެސް ތައާރަފު ކޮށްފަ އެވެ.

އެ ބޭންކުގެ 56،000 އެކްޓިވް ކަސްޓަމަރުން ގެންގުޅޭ އެމްއައިބީ "ފައިސާ ކާޑު" އެ ބޭންކުގެ ޕޮސް ބޭނުން ކޮށްގެން ރާއްޖޭގެ ގިނަ ވިޔަފާރިތަކުކުން ނަގުދު ފައިސާ އާއި ނުލާ ވިޔާފާރި ކުރެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ 20 އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކާމާ އެކު ފައިސާ ނެގޭނެ އެވެ. ފައިސާ އަދި ޗެކު ޖަމާކުރުރާ ހަ މެޝިނު ވެސް އެމްއައިބީ އިން ވަނީ ބަހައްޓައިފަ އެވެ. ރާއްޖޭގައި މުޅިން އަލަށް ބޭންކުގެ ކާޑު ނުލައި މެޝިން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތް ވެސް އެމްއައިބީ އިން ވަތީ ތައާރަފު ކޮށްފަ އެވެ.

އެމްއައިބީ އިން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ މި ނެޓްވޯކް އިތުރަށް ފުޅާކޮށް، ޑިޖިޓަލް ނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ފުޅާކުރުމަށް ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެމްއައިބީގެ އިންޓަނެޓް ބޭންކިން ހިދުމަތް ތައާރަފުކޮށް މޮބައިލް ބޭންކިން އެޕްލިކޭޝަންއެއް އައިފޯން އަދި އެންޑްރޮއިޑް ފޯން ތަކަށް ވަނީ ތައާރަފުކޮށްފަ އެވެ. އެމްއައިބީގެ މޮބައިލް ބޭންކިން އެޕަކީ އެޕިން ލިބޭ ހިދުމަތްތުގެ ފުރިހަމަކަމަށް އެވޯޑު ލިބިފައިވާ އެޕެކެވެ.

ވަކިން ހާއްސަކޮށް ފާހަގަ ކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި އަމިއްލައަށް ރެޖިސްޓްރީ ކޮއްލެވުން، ފައިނޭންސިގ ފެސިލިޓީތަކުގެ ހާލަތު ޗެކުކުރުން އަދި ދޫކޮށްފައިވާ ޗެކުތަކުގެ ހާލަތުބެލުމާއި ކޮންޓްރޯލް ކުރުން މުޖުތަމައު ކުރިއެރުވުމުގައި ބޭންކުގެ ހިއްސާ އެމްއައިބީ އިންވަނީ ދިވެހި އިގުތިސާދާއި، ޖަމާއަތުގެ ހެވާއި ކުރިއެރުމަށްޓައި އެތަށް ބައިވަރު ހިދުމަތްތަކެއް ފާއިތުވި އަހަރު ތަކުގެތެރޭގައި ކޮށްފައިއެވެ.

ބޭންކުގައި 100،000 އަށް ވުރެންގިނަ އެކައުންޓު އޮޕަރޭޓް ކުރަމުން ދާއިރު އޭގެ ތެރޭގައި ކަރަންޓު، ސޭވިންގްސް، އަދި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓުގެ އަދި ކުޑަކުދިންގެ އެކައުންޓުތަށް ހިމެނެއެވެ.

އެމްއައިބީގެ ކަސްޓަަމަރުންނަށް ދޭ އެހެން މުހިއްމު ހިދުމަތްތައް

  • "އުޖާލާ ދިރިއުޅުން" ކޮންސިއުމާ ފައިނޭންސިން
  • ހައުސިން ފައިނޭން
  • މަސްވެރިކަމާއި، މުދާއުފުލުމާއި، އަދި ޕަސެންޖަރުން އުފުލުމަށް ބޭނުންކުރާ 80 އަށް ވުރެން ގިނަ ކަނޑުމަތީ އުޅަދު ހޯދުމަށް އެމްއައިބީ އިން ވަނީ ފައިނޭންސިންގް ދީފައި
  • ގޭގޭގައި ސޯލާ ޕެނެލް ބެހެއްޓުމަށް ފައިނޭންސިންގ ދޭންފެށި އެންމެ ފުރަތަމަ ފަރާތަކީވެސް އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކްއިން ދަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި އިސްލާމިކް ފައިނޭންސް އަދި ބޭންކިން ގެ ރޮގުން މުއައްޒަފުން ތަމްރީނުކޮކޮށް ތަރައްގީކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ކާމިޔާބީ

އެމްއައިބީއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. ފާއިތުވި އަހަރުތަކުގެ އެކި ރޮނގުތަކުން އެމްއައިބީ އަށް 10 އެވޯޑެއް ވަނީ ލިބިފަ އެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް އެވޯޑުތައް

  • 2011 ވަނަ އަހަރު އިސްލާމިކް ބިޒްނަސް އެންޑް ފައިނޭންސް އިން ދިން "އެވޯޑް ފޯ ބެސްޓް ބޭންކް"
  • 2020 ވަނަ އަހަރު އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާއިން ދިން "އިސްލާމިކް ބޭންކް އޮފް ދަ އިޔާ"
  • 2020 ވަނަ އަހަރު އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާއިން ދިން "އިސްލާމިކް ފައިނޭންސް އެންޓިތީ އޮފް ދަ އިޔާ"

ކުރިމަގު

ބޭންކު އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް އިންވެސްޓް ކުރާ މައިގަނޑު އަސާސްތަކުގެ ތެރޭގައި ފިންޓެކް އަދި ޑިޖިޓަލް ބޭންކިން ބޮޑު ދަޢުރެއް އަދާ ކުރާ ކަމަށާއި އެ ވަސީލަތްތައް މެދުވެރިކޮށް ކޮންމެ ހިސާބަކުން ކޮންމެ މީހަކަށް ވެސް ދަތިކަމަކާއި ނުލާ މާލީ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ފަަހިކޮށްދިނުމަކީ ބޭންކުގެ އަމާޒު ކަމަށް އެމްއައިބީ އިން ބުންޏެވެ.

ބޭންކުން ބުނީ އިންޓަނޭޝަނަލް ކާޑް ސްކީމެއެއް ތައާރަފް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މިހާރު އޮތީ އެކަމުގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އޭގެ ސަބަބުން އެމްއައިބީގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެތެރޭގެ ބޭންކިން ނެޓްވޯކުގައި ދަތިކަމަކާއި ނުލާ މާލީ މުއާމަލާތްތަށް ކުރެވޭނެ ކަމަށެވެ.

އަދި ވަރަށް އަވަހަށް ރާއްޖޭގެ އިތުރު ކަންކޮޅުތަކުގައި ހުރިހާ ވަގުތެއްގައި ވަގުތުން ހިދުމަތް ލިބޭ ޑިޖިޓަލް ބޭންކިން ހިދުމަތް ތައާރަފުކުރަން ނިންމާފައިވާ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީ އިން ބުނީ ބޭންކުގެ އަމާޒަކީ 2025 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ބޭންކިން ސިނާއަތުގައި އެންމެ މަތީ ފަންތީގެ ބޭންކަށްވުން ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތްދޭ އެންމެ ބޮޑު ބޭންކަށް ވުމަކީ ވެސް އެ ބޭންކުގެ އަމާޒު ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީގެ ކާމިޔާބީގެ ސިއްރަކީ ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ރެގިއުލޭޓަރުން އަދި ސްޓޭކްހޯލްޑަރުން ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް