ކެތޭ ޕެސިފިކް އަށް 2.8 ބިލިއަން ޑޮލަރުގެ ގެއްލުމެއް

މިދިޔަ 2020 ވަނަ އަހަރު ކެތޭ ޕެސިފިކް އަށް 2.8 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެއެެ.

ކެތޭ ޕެސިފިކްގެ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް އާންމުކޮށް އެ އެއާލައިނުން ބުނީ މިދިޔަ އަހަރު ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓު ދަށްވި ކަމަށެވެ. މިދިޔަ 2020 ވަނަ އަހަރު ކެތޭ ޕެސިފިކް އަށް އާމްދަނީ އަށް ލިބުނީ ހަ ބިލިއަން ޑޮލަރެވެ.

މިދިޔަ 2020 ވަނަ އަހަރު އެ އެއާލައިނުން 4.6 މިލިއަން ފަސިންޖަރުން އުފުލިއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 86.9 ޕަސެންޓު ދަށް އަދަދެއް ކަމަށްވެސް ކެތޭ ޕެސިފިކްް އިން ބުންޏެވެ.

ހޮންގްކޮންގް ގެ ފްލެގް ކެރިއާ، ކެތޭ ޕެސިފިކް އިން ބުނީ ކޮވިޑް19ގެ ބަލިމަޑުކަމަށްފަހު، އަލުން މަދުމަޑުން ދަތުުރުތައް ފެށިނަމަވެސް، އެ އެއާލައިނުގެ ކޮންމެ ފަސް ސީޓަކުން ހަތަރު ސީޓު އެވްރެޖުކޮށް ހުހަށް އޮންނަ ކަމަށެވެ.

ކެތޭ ޕެސިފިކްގެ ޕަސިންޖަރުންގެ އަަދަދު ބޮޑުތަނުން ދަށަށްް ގޮސްފައިވާއިރު އެ އެއާލައިނުގެ ދަށުން ހިންގި ކެތޭ ޑްރެގަން ހުއްޓާލާ، ކެތޭ ޕެސިފިކްގެ ދަތުރުތައްވެސް ވަނީ ބޮޑު ތަނުން މަދުކޮށްފައެވެ.

ކެތޭ ޕެސިފިކް އިން ބުނީ ކުރު މުސްތަގުބަލަށް ބަލާއިރު، ކަންތައް ރަނގަޅުވަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. ނަމަވެސް ދުރު މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށައި އުއްމީދު އެބައޮތް ކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ.

ކެތޭ ޕެސިފިކްގެ ޗެއާމަން ޕެޓްރިކް ހޭލީ ވިދާޅުވީ އެ އެއާލައިނުގެ ތާރީހުގައި، 2020 ވަނަ އަހަަރަކީ އެންމެ ގޮންޖެހުން ބޮޑު އަހަރު ކަމަށެވެ.

comment ކޮމެންޓް