ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެކްސިން ކްލިނިކަށް ކަޅިއެއް

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމުގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުންވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެޗްޕީއޭ އާއި ގުޅިގެން އެ ހޮސްޕިޓަލުން ވެކްސިންގެ ހިދުމަތް ފޯރުކޮށްދޭއިރު، އެ ހޮސްޕިޓަލުގައި ވަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، ކޮވިޑް-19 ވެކްސިން ޖެހުމަށް ހާއްސަ ކްލިނިކެއް ހުޅުވާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ވެކްސިން ޖެހުމުގެ މަސައްކަތުގައި އެ ހޮސްޕިޓަލުން ބައިވެރި ވަނީ، ކޮވިޑް ވެކްސިން ޖެހުމަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ދެކިގެން ކަމަށެވެ.

comment ކޮމެންޓް