އެމްޑީޕީގެ ޕީޖީ ލީޑަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް މިރޭ "ސަން" އަށް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ރޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވެ ވަރަށް ބޮޑަށް ހުން އަންނަ ކަމަށެވެ.

އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން 20،919 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު 2،595 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 179 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.

މި ބަލީގައި 64 މީހަކު ރާއްޖއިން މަރުވެފައިވާއިރު ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދަކީ 18،253 އެވެ.

comment ކޮމެންޓް