ރަންބީރު އާއި ބަންސާލީ ކޮވިޑަށް ޕޮޒިޓިވްވެ އާލިއާ ކަރަންޓީނަށް

އެކްޓަރު ރަންބީރު އާ ބަންސާލީ ކޮވިޑަށް ޕޮޒިޓިވްވެ އާލިއާ ކަރަންޓީނަށް--

ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރާ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ބަންސާލީ އާ ރަންބީރު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓް ވަނީ ވަގުތުން ކަރަންޓީންވެފަ އެވެ. އާލިއާ އަކީ ބަންސާލީގެ "ގަންގޫބާއީ"ގައި ލީޑު ރޯލު ކުޅޭ ބަތަލާ އެވެ. ބަންސާލީ ކޮވިޑަށް ޕޮޒިޓިވްވީ މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށެވެ.

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބަންސާލީ އާ ޑައިރެކްޓް ކޮންޓެކްޓްވި އެންމެން ވެސް މިހާރު ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ރަންބީރުގެ މަންމަ ނީތޫ ސިންހް އަށް ވެސް ކޮވިޑް ޖެހުނެވެ. އޭރު އޭނާ ދިޔައީ ފިލްމު "ޖުޖް ޖުގް ޖިއޯ" ޝޫޓްކުރަމުންނެވެ.

މިދިޔަ އަހަރުވެސް ގިނަ ތަރިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، އަބީޝޭކް ބައްޗަން، އައިޝްވާރިޔާ ރާއީ، ކްރިތީ ސެނަން އަދި ވަރުން ދަވަން ހިމެނެ އެވެ.

comment ކޮމެންޓް