އިތުރު 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 103 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ނުވަ މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،919އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،595 މީހުން ތިބިއިރު އޭގެ ތެރެއިން 179 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.

މިއަދު 129 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 18،253 އެވެ.

ވެކްސިންގެ ނަންބަރުތަކަށް ބަލާއިރު މިއަދު ރާއްޖެއިން 6،170 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2،186 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 3،984 މީހުންނެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދަކީ 157،813 އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 91،279 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 66،534 މީހުންނެވެ.

comment ކޮމެންޓް