އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓުގެ އަގުހެޔޮކޮށްފި

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް19 ޕީސީއާރު ޓެސްޓު ހަދާ އަގުހެޔޮކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މާދަމާ އިން ފެށިގެން ދިވެހިންނާއި ވޯކް ޕާމިޓުގެ ދަށުން މަސައްކަތް ކުރާ މީހުންނަށް 700 ރުފިޔާއަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނީ 45 ޑޮލަރަށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ޕީސީއާރު ޓެސްޓު ހެދޭ އަގުހެޔޮކުރަން ނިންމީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނަށް ވީހާ ވެސް ފަސޭހައިން އަދި ކުޑަ އަގެއްގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހަމައެއާ އެކު ދުނިޔޭގެ ބާޒާރުގައި ވެސް ޕީސީއާރު ޓެސްޓު ހަދަން ބޭނުންވާ ތަކެތީގެ އަގު ހެޔޮވެ، އެތަކެތި ހޯދަން ފަސޭހަވެފައިވާ ކަމަށް ވެސް އޭޑީކޭއިން ބުނެ އެވެ.

އެހެންކަމުން ޕީސީއާރު ޓެސްޓުގެ އަގުތަކަށް ކުޑަކުރީ އެކަމުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

comment ކޮމެންޓް