ފިލްމު "ސައިނާ"ގެ ޓްރެއިލާ ވަރަށް ވަރުގަދަ

ފިލްމު ސައިނާ ގެ ޕޯސްޓަރެއް---

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސައިނާ"ގެ ރަސްމީ ޓްރެއިލާ ނެރެފި އެވެ.

އިއްޔެ ނެރުނު އެ ޓްރެއިލާގައި ސައިނާ ކުޑައިރު ބެޑްމިންޓަން ކުޅެން ވަދެވުނު ގޮތާ ބެޑްމިންޓަންގ ރޮނގުން ކުރިއަށްދިޔަ ގޮތާ ހޯދި ކާމިޔާބީތައް ކޮންމެވެސް ވަރަކަށް ފެނިގެންދިޔަ އެވެ. މި މަހު 26 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ ބެލިއިރު ހީބިހިނަގައިގެން ދިޔަ ކަމަށް ބައެއް މީހުން ބުނެ އެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ މި ފިލްމު އެންމެ ފުރަތަމަ ކުޅެން ދިނީ ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާ އާއެކު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޝްރައްދާގެ ޝޫޓިން ޝެޑިއުލް އާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ދިމާނުވާތީ ސައިނާ ފިލްމު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ސައިނާ އަކީ ބުޝަން ކުމާރު، ކްރިޝަން ކުމާރު އަދި ސުޖޭ ޖައިރާޖްގެ އިތުރުން ރަސޭހް ޝާހް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.

ކުޅަދާނަ ބަތަލާ ޕަރިނީތީ އެންމެ ފަހުން ފެނިގެންދިޔައީ ސައިކޮލޮޖިކަލް ތްރިލާ "ދަ ގާލް އޮން ދަ ޓްރެއިން" އިންނެވެ. ނެޓްފްލިކްސްގައި އެ ފިލްމު ރިލީޒްކުރިއިރު މި ފިލްމަށް އަންނަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

comment ކޮމެންޓް