"ނީނާ"ގެ ސިފަ ދައްކާލައިފި

ނީނާގައި ނުޒޫ ފެނިގެންދާ ގޮތެއް---

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ އަންހެނުން ދުވަހާ ގުޅިގެން "ނީނާ"ގައި ބަތަލާ ނުޒުހަތު ޝުއައިބު ފެންނިގެންދާ ގޮތް ދައްކާލައިފި އެވެ.

ނީނާ ފިލްމުގައި ނުޒޫގެ ތަފާތު ތިން ލުކެއް ފެނިގެންދާ އިރު އެއް ލުކް މިހާރު ދައްކާލާފައިވާއިރު އެ ޕޯސްޓަރު ވަރަށް ތަފާތުވެފައި ރީއްޗެވެ. އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ޓީޒާވެސް މިހާރު ވަނީ އާންމުންނަށް ދައްކާލައިފަ އެވެ. މި ފިލްމަކީ ނުޒުހަތު ޝުއައިބުއާއި އަލަށް ތަޢާރަފްވާ ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ.

ނީނާގެ މަންޒަރުތައް ޝޫޓްކުރުމުގެ ކުރިން ނުޒޫ ވަނީ ހާއްސަ ޓްރެއިނިންތަކެއް ވެސް ހަދައިފަ އެވެ. ފިލްމުގައި ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނިފައިވެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް ހިމެނެ އެވެ.

comment ކޮމެންޓް