ވަރުން އާ ކްރިތީ އަށް "ރޫޙީ" ވަރަށް ކަމުގޮއްސި

ރޫހީ ފިލްމު ބެލުމަށްފަހު ވަރުން އާ ކްރިތީ ބުނީ މި ފިލްމަކީ ވަރަށް މަޖާ ފިލްމެއް ކަމަށް---

ހާދިކް މެހެތާ ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ފިލްމު "ރޫހީ" ވަނީ ހޮނިހިރު ދުވަހުގެ ރޭ ބައެއް ކްރިޓީކުންނަށާ ފިލްމީ ތަރިންނަށް ދައްކާލައިފި އެވެ.

އެ ފިލްމު ބެލުމަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ކްރިތީ ސެނަން އާ ވަރުން ދަވަން ވަނީ އެ ފިލްމު ބަލަން ސިނަމާއަށް ގޮއްސައެވެ. ރާޖްކުމާރު ރާއޯ، ޖާންވީ ކަޕޫރު އަދި ވަރުން ޝަރުމާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ބެލުމަށް ފަހު ވަރުން ބުނީ ފިލްމު ވަރަށް ކަމުދާ ކަމަށެވެ. އަދި މި ތިން ތަރިންވެގެން ބެލުންތެރިން ބިރުގަންނުވާލުމަށްފަހު ހެއްވާ ވެސް ލައިފިކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ޕްރިމިއާކުރާ މި ފިލްމާ ގުޅޭ ގޮތުން ކްރިތީ ބުނީ ހުރިހާ ތަރިންގެ އެކްޓިންވެސް ވަރަށް ފުރިހަމަ ކަމަށާއި މިއީ ވަރަށް މަޖާ ރީތި ފިލްމެއް ކަމަށެވެ.

މި ފިލްމަކީ ޖާންވީ، ރާޖްކުމާރާއި ވަރުން އާ އެކު ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުން ފެނިގެންދާނީ އަންހެނެއް ހަނީ މޫނަށް ގޮސް އުޅެނިކޮށް އޭނާގެ ގައި ތެރެއަށް ރޫހެއް ވަދެ ދެން ކަންތައްތައް ވެގެންދާ ގޮތެވެ.

comment ކޮމެންޓް